މެންބަރަކަށްވުމަކުން މުސާރައާއި ޖަލްސާތަކުގެ ދައުވަތު ފިޔަވާ އިތުރު އެއްޗެއް ނުލިބޭ: އިކްރާމް

މެންބަރަކަށްވުމަކުން މުސާރައާއި ޖަލްސާތަކުގެ ދައުވަތު ފިޔަވާ އިތުރު އެއްޗެއް ނުލިބޭ: އިކްރާމް

Author
މުޙައްމަދު ޖިމީ
14 ނޮވެމްބަރ 2021 05:21
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރަަށްވުމަކުން ރައްޔިތުންގެ ފަރާތުް ލިބެންވާ އިޙްތިރާމް ނުލިބެކަމަށް ދިއްގަރު ދާއިރާގެ އެމްޑީޕީ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ. އިކުރާމު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އެހުންތެރިއަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިކްރާމް މީގެ ކުރިންވެސް ވަނީ މަޖިލީހުގެ މެންބަރުންނަށް ޢިއްޒަތް ނުލިބޭކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ދިވެހިރާއްޖެ އަޑުން ގެނެސްދިން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުން ނުލިބެނީ ކޮން އިއްޒަތެއްތޯއާއި މަދުވަނީ ކޮން ނިކަމެތިކަން އިހުސާސްވަނީ ކޮންކަމުންތޯ އެހުންތެރިއަކު ސުވާލުކުރުމުން މެންބަރު އިކުރާމް ވިދާޅުވީ، މަޖިލިސް މެންބަރަކަށް ވުމުން ލިބޭ މުސާރަޔާ ރަސްމީ ޖަލްސާތަކަށް ލިބޭ ދައުވަތުގެ އިތުރުން އެއްވެސް މީހެއްގެ ފަރާތުން އިހުތިރާމް ނުލިބޭކަމަށާއި، އެއްވެސް ކަމަކަށް ބަލައިނުލާކަށެވެ.

މުސާރައިގެ އިތުރުން އަޅުގަނޑަކަށް އެއްވެސްއިޙްސާސެއް ނުކުރެވޭ. މިއީ ހަގީގަތަކީ. މަޖިލިސް މެންބަރަކަށްވީތީ މިސާލަކަށް ނެޝަަނަލް އިވެންޓުތައް މިސާލަކަށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގެ އިވެންޓަށް އަޅުގަނޑުމެންނަށް އިންވިޓޭޝަން ލިބޭނެ. އެއީ ދެން އިނގޭތޯ. ޔުނިފޯމްގަ މިސާލަކަށް ޕޮލިސް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް ބަލާލާ އެއްވެސްކަހަލަ އިޙްތިރާމެއް ހަމަ ލިބޭތަނެއް ނުފެނޭ.

– އިކްރާމް ޙަސަން ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އިކުރާމު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުންނަ ވީއައިޕީ ލައުންޖު ބޭނުންކޮށްފައިވާނީވެސް ދެތިން ފަހަރަކު ކަމަށާއި، އެއީ ވަރަށް ނިކަމެތި ތަނެއްކަމަށާ، އެތަނަށް ކުރާ ޚަރަދާ އަޅާބަލާއިރު އެތަނުން ލިބޭ ޚިދުމަތް ނުބައްދަލުކަމަށްވެސް އިކުރާމު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް އިކްރާމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދައްކަވައިރު އެއްމެމްބަރަކު އަނެއް މެމްބަރަކަށް "އިއްޒަތްތެރި މެމްބަރުން" ނުކިޔައި ވާހަކަ ދައްކަވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވީއައިޕީ ކޮށް މެމްބަރުންނަށް މެޗު ނުބެލޭތީ އިކުރާމްގެ ހިތްހަމަ ނުޖެހުން

މްބަރު އިކްރާމް ވަނީ މީގެ ކުރިންވެސް އެކި ހާލަތްތަކުގައި މެމްބަރުންނަށް ލިބޭ އިއްޒަތާއިމެދު ކަންބޮޑުވުން ފާޅު ކުރައްވައި އެކި ވާހަތައް ދައްކަވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިހާރު ކުރިއަށްދާ ސާފް ޗެންޕިއަންޝިޕްގައި ވީއައިޕީގައި ތިބެގެން މެޗު ބެލޭނެ އިންތިޒާމު ހަމަނުޖެހޭތީވެސް އިކްރާމް ވަނީ މީގެ ކުރިން ހިތްޕުޅު ހަމުޖެހުން ފާޅުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަޙްމަދު
ކަލޯ އަހަރެމެން ރޭޒަރުވެސް ގަންނަނީ..
އ އުދުހޭކޮކާ
ބަލަ ވީއައިޕީ އާއި އާސިޔާނުގެ ގައުމު ތަކުން ބޭސްފަރުވާވެސް މިހާރު ކެނޑުނީތޯ؟ ހަމަ ބޯގަޅީ. ކުރާ ކޮންމެ ކަމަކުން ދައްކާ ކޮންމެ ވާހަކައަކުން އެކަން ވ.ސާފު.
އ އައްޔަ
ހެޔޮ ނުވާނެ ބޮޑު ޖަލްސާއެއް ބާއްވާފަ މީނަޔަށް ކޮލި ލައިދޭންވީނު
އ އަމައްޔާތް
ދެން ކޯއްޗެއް އިތުރަށް ލިބެންވީ؟