ގެއްލުނު 3 މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ

ގެއްލުނު 3 މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ

Author
އަހުމަދު
09 އޮގަސްޓް 2026 12:30
0

’ފްރެންޑް 4′ ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ބޭރުގެ އެހީތެރިކަން ހޯދަން ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ރޭ ބުނީ ބުދަ ދުވަހުގެ ރޭ ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްއާ ގާތުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ގެއްލިފައިވާ މީހުން ހޯދުމަށް ބޭނުންވާ ޓެކްނިކަލް އަދި އެ ނޫން ވެސް އެހީ ހޯދުމަށް އެކުވެރި ގައުމުތަކާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. "އެ މީހުން ހޯދުމުގެ މަސައްކަތުގައި ލިބެން ހުރި ހުރިހާ އެހީތެރިކަމެއް ހޯދާނަން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް 'ފްރެންޑް 4′ އަޑިއަށް ދިޔައިރު ދޯނީގައި ތިބީ 3 މީހުންނެވެ. އެއީ ދޯނީގެ ކައްޕި މުހައްމަދު ހަމްދޫނާއި، ދޯނި ދިޔަވާން ފެށުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދިޔަ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހްމަދުގެ އިތުރުން ފުލުހުންގެ ސާޖަންޓް އަލީ ނާފިއު އެވެ.

ބޭރުގެ އެހީ ހޯދުމަށް ސަރުކާރުން ނިންމި ނިންމުން ދިމާވެފައި މިވަނީ، ދާދި ފަހުން ވ. އަތޮޅުގެ ކޭވްއަކަށް ޑައިވިންއަށް ދިޔަ ބޭރު ބަޔަކު ހޯދަން ބޭރުގެ އެހީ ހޯދި ނަމަވެސް، ދިވެހިންތަކެއް ގެއްލިގެން އުޅޭއިރު އެފަދަ ޓެކްނިކަލް އެހީ ނުހޯދާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް ވައިގެ މަގުން 6،112 އަކަނޯޓިކަލް މޭލު އަދި ކަނޑުމަގުން 1،370.10 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.