ވަޅިން ހަމަލަދީ، މިހަފްތާގެ ހުކުރު ދުވަހު އަވަހާރަ ކޮށްލެވުނު އިނގިރޭސި ގާނޫނުހަދާ މަޖިލިހުގެ މެމްބަރު ޑޭވިޑް އަމަސްއަކީ އަކީ، އިގިރޭސީ ގާނޫނުހަދާ މަޖިލިހުގައި އޮންނަ އޯލް ޕާޓީ ޕާލަމެންޓްރީ ގްރޫޕް އޮން މޯލްޑިވްސްގެ ރިޔާސަތު ފާއިތު 12 އަހަރު ބަލަހައްޓަވަމުން ދެންވަފާއިވާ، އަދި ރާއްޖެއާއި ބެހޭގޮތުން އިނގިރޭސި ގާނޫނުހަދާ މަޖިލިހުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަކުން ފާގަ ކޮށްފިއެވެ.
މިގޮތުން ދިވެހި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލް ވިދާޅުވެފައިވާ ގޮތުގައި، ސާރ ޑޭވިޑް އަމަސްއަކީ، ދިވެހިރާއްޖެއާއި ވަރަށް ބޮޑަށް ރަހުމަތްތެރިކަން ބޭއްވި ބޭފުޅެއް ކަމުގައެވެ.
މީގެ އިތުރުން، ސާރ ޑޭވިޑް އަމަސް، ވަޅިން ހަމަލާދީ އަވަހާރަ ކޮށްލުމުގެ ހިތާމާގައި، ރައީސް ސޯލިހުގެ އިތުރުން، މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ރައީސް މައުމޫން އަދި ފޮރިންގ މިނިސްޓަރ އަބުދުއްﷲ ޝާހިދުވެސް ވަނީ ހިތާމަ ފާޅުކޮށް ޓުވީޓު ކުރައްވާފައެވެ.
Deeply saddened by the passing of my very dear friend Sir David Amess. A staunch champion of the Maldives.
Today we lost a good friend, a great leader & an able politician. We condemn the cowardly attack on Sir David.
I send heartfelt condolences to his family & loved ones pic.twitter.com/OCmOcBTbyR
— Abdulla Shahid (@abdulla_shahid) October 15, 2021
އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުކަން 1983 ވަނަ އަހަރުން ފެށިގެން ކުރައްވަމުން ގެންދަވާ ޑޭވިޑް އަމަސްވަނީ، ދާދިފަހުންވެސް އިނގިރޭސި ގާނޫނުހަދާ މަޖިލިހުގައި ރާއްޖެއިން އިގިރޭސިވިލާތަށް އެތެރެކުރާ ކަޅުބިލަ މަހުގެ ޓެރިފް ބޮޑުކޮށް އޮތް އޮތުން ފާހަގަ ކުރައްވާ ރާއްޖޭގެ ކަނޑުމަހުގެ ޓެރިފް ކުޑަކުރުމަށްވެސް ގާނޫނުހަދާ މަޖިލިހުގައި ވަކާލާތު ކުރައްވާފައެވެ.
#SirDavidAmess supporting & speaking for the Maldives as Chair of APPG on Maldives. Championing the Maldives for 12 years. #RIPDavidAmess https://t.co/nHQLmLH2EE
— Farah Faizal ???????????? (@DrFarahFaizal) October 15, 2021
އަދި އޭނާވަނީ މީގެކުރުން ރަސްމީ ހައިސިއްޔަތުން ތިން ފަހަރެއްގެމަތިން ރާއްޖެ ވަޑައިގެންފައެވެ. މިގޮތުން އޭނާ އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ 7200ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި ދެވަނަފަހަރަށް ރާއްޖެ ވަޑައިގަތީ 2008 ވަނަ އަހަރުގެ އޮގަސްޓމަހުއެވެ. އަދި އެއަށްފަހު، 2016ވަނަ އަހަރުގެ ފެބްރުއަރީމަހު، އިގިރޭސި ޕާލަމެންޓުގެ އޯލް ޕާޓީ ޕާލަމެންޓްރީ ގްރޫޕް އޮން މޯލްޑިވްސްގެ ޑެލިގޭޝަންގައިވެސް އޭނާވަނީ މާލެ ވަޑައިގެންފައެވެ. އެފަހަރުގެ ޑެލިގޭޝަން ރާއްޖެ އައީ ސަރުކާރުގެ ދައުވަތަކަށެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން ހުންވަމުން އައި މެމްބަރެއް ކަމުގައިވާ ޑޭވިޑް އަމެސް އަވަހާރަ ކޮށްލާފައިވަނީ، އޭނާގެ ދާއިރާގައި، ލަންޑަނުގެ އިރުމަތީ އަވަށެއްގައި ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާގޮތުގައި، ޑޭވިޑަށް ހަމަލާ ދިނުމުގެ ތުހުމަތުގައި 25 އަހަރުގެ މީހަކު ވަނީ މިހާރު ހައްޔަރު ކުރެވިފައެވެ. ޑޭވިޑަށް ވަޅިން ހަމަލާ ދީފައިވަނީ، އޭނާ ޗާޗެއްގައި ދާއިރާގެ މީހުންނާ ބައްދަލު ކުރަމުން ދަނިކޮށެވެ.
މިހަމަލާ ތަހުގީގު ކުރަމުންދާ މެޓްރޯޕޮލިޓަން ޕޮލިހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ޑޭވިޑް އަވަހާރަ ކޮށްލުމާއި އިސްލާމިކް އެކްޓްރީމިޒަމް (ދީނީގޮތުން ހައްދު ފަހަނަ އަޅާ ދިއުން)އާއި ގުޅުން އޮތްކަމަށް މިހާތަނަށް ކުރެވިފައިވާ ތަހުގީގަށް ވަނީ ފާހަގަ ކުރެވިފައެވެ.
އަދި މި ހަމަލާ ދިނުމުގެ ތުހުމަތުގައި 25 އަހަރުގެ މީހަކު މިހާރު ހައްޔަރު ކުރެވިފައި ވާއިރު، ހަމަލާއާއި ގުޅިގެން އިތުރު މީހަކު ހައްޔަރު ކުރުމަށް މިހާރު މަސައްކަތް ކުރެވެމުން ނުދާކަމުގައިވެސް މެޓް ޕޮލިހުންގެ ފަރާތުން މައުލޫމާތު ދީފައި ވެއެވެ. މިހާދިސާ ތަގުގީގު ކުރަމުންދާ ޓީމުން މިހާރުވަނީ، ލަންޑަނުގެ ދެ ގެއެއް ބަލާ ފާސް ކޮށްފައެވެ.
އިނިގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ އެންމެ ތަޖުރިބާކާރު އެއް މެމްބަރު ކަމަގައިވާ، އުމުރުން 69 އަހަރުގެ ސަރ ޑޭވިޑްއަކީ 1983 ވަނަ އަހަރުން ފެށިގެން ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅުކެވެ. އޭނާގެ އަންބަކާ 5 ކުދިން އެބަތިއްބެވެ.
ކޮމެންޓު ފޮނުވާ