ގަލޮޅު ދަނޑުކައިރިން ފެނިގެންދަނީ ފުޓުބޯޅައިގެ ފޯރި: މަހުލޫފް

ގަލޮޅު ދަނޑުކައިރިން ފެނިގެންދަނީ ފުޓުބޯޅައިގެ ފޯރި: މަހުލޫފް

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2021 01:41
0

މާދަމާ ބައްދަލުކުރާ ރާއްޖެ، ސްރީ ލަންކާ ވާދަކުރާ މެޗުގެ ޓިކެޓް ނުލިބި ގަލޮޅު ދަނޑު ކައިރިން ފެނިގެންދާ މައްޒަރަކީ ފުޅުބައިޅައަށް ދިވެހިންގެ މެދުގައި އޮތް ފޯރިކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީ ލަންކާ މާދަމާ ކުޅޭ މެޗުގެ ޓިކެޓް ހުސްވުމުން ޓިކެޓު ގަންނަން ދިޔަ ބައެއް މީހުން ރުޅިގަދަވެ ގަލޮޅު ދަނޑަށް ވަނީ ވަދެފައެވެ. މާދަމާ ހަވީރު 4:00 ގައި އޮންނަ މެޗުގެ ޓިކެޓު މިއަދު ވިއްކަން ފެށުމާ އެކު ހެނދުނު ގޮސް ގިނަ ބަޔަކު ކިއުގައި މަޑު ކުރިއެވެ. ގަލޮޅު ދަނޑުގެ މައި ގޭޓާ ހިސާބުން ބަނަފްސާ މަގުގެ ކޮޅާ ޖެހެންދެން ކިއޫ ދަމާލާފައި އޮތެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ ދިވެހި ކުޅިވަރު ތަކުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓުބޯޅަ ކަމާއިމެދު ޝައްކު ނުކުރައްވާކަމަށެވެ. އަދި މިއަދު ގަލޮޅު ދަނޑު ކައިރިން ފެނިގެންދަނީ އެފޯރި ކަމަށެވެ. ސަރުކާރުން ފުޓުބޯޅައަށް ކުރާ ޚަރަދު އެހެން ކުޅިވަރުތަކާއި ތަފާތުވަނީވެސް މިސަބަބަށްޓަކައި ކަމަށާއި، ނަމަވެސް މިސަރުކާރުން ހުރިހާ ކުޅިވަރަކަށްވެސް ހަމަހަމަ ކަމާއިއެކު ފުރުސަތު ތަނަވަސްކޮށްދީ ޚަރަދު ކުރަމުންދާކަމަށް މިނިސްޓަރ މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ފުޓުބޯޅަ ފޯރި. ރާއްޖޭގަ އެންމެ ގިނަބަޔަކު ސަޕޯޓުކުރާ އަދި ކުޅޭ ކުޅިވަރަކީ ފުޓުބޯޅަ، ކުރާ ހަރަދު ނިސްބަތުން ބޮޑުވަނީ އެސަބަބާހެދި. ނަމަވެސް މިސަރުކާރުން އެހެން ކުޅިވަރުތައްވެސް ނިސްބަތުން ތަފާތުނުުކޮށް، ހަރަދުކޮށް އަދި އެހީތެރިވާކަން އެސޯސިއޭޝަންތަށް އަދި އެތުލީޓުން ހެކިވާނެ.

– މަހުލޫފް ވިދާޅުވިއެވެ.

ޓިކެޓް ނުލިބިގެން ހިތްހަމަނުޖެހުނު މީހުން ދަނޑު ކައިރީ މަގުމަތީ އިށީނދެ ތިބެގެން ވެސް ނުރުހުން ފާޅުކުރަމުން ދިޔައެވެ. އެނގިފައިވާ ގޮތުގައި ޓިކެޓު ގަންނަން ދިޔަ މީހުން ހޫނުވީ، ޓިކެޓު ކައުންޓަރު ބަންދު ކުރުމުންނެވެ. އެތަނުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކިއުގައި ތިބި މީހުންގެ ތެރެއިން ޓިކެޓު ލިބުނީ ވަރަށް މަދު ބަޔަކަށެވެ.

އެއްވި މީހުން ދަނީ އެފްއޭއެމްގެ ރައީސްގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Hum
Futuboalhaige foareege vaahakadhahkan sarukaaruthakun ladhugannan jeheyne dhivehiraahheyge rayyithun kureezamaanuh suren emme foarigadakoh dapoatukuraa kulhivarakee futuboalha kamahvaairu futuboalha kulheyne bodudhadeh evves sarukaarakun nuhedhunu mal gekunufaraathuga maumoonu dhauruga hedhi suteydiyamakee bainal aguvaamee fenvaruge futuboalha dadeh alhan haahsa thanekey eiru keeadu rayyithun aduehi ekamaku ekanves sarukaarakah nukohdhevunu dhen mihaaru sarukaarun bunefaane mal ga jaaganethey ehenveeiru eothee hulhu male keehvaanee suteydiyameh hadhan vaagoy egey rayyithunnah beyrugaumakun kulhivaru tharahgeekuran rhee ehdhinas sarukaarun elaarigadu kaalanee dhen konagaeh thalhaakah