ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އެހީތެރިކަމާއިއެކު އިންޑިއާގައި ސީޕްލޭންގެ ޙިދުމަތް މިއަދު ފަށައިފިއެވެ. އިންޑިއާގައި ސީޕްލޭންގެ ޙިދުމަތް ފަށްޓަވައިދެއްވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑީރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، ރާއްޖޭގެ އެހީތެރިކަމާއެކު އަވަށްޓެރި އިންޑިއާގެ ފުރަތަމަ ސީޕްލޭން މަޝްރޫއަށް އެހީވުމަކީ ރާއްޖެއަށް ލބުނު އެކްސްޕޯޝާއެއް ކަމަށެވެ. އަދި އިންޑިއާގެ ސީޕްލޭން ޙިދުމަތް ފެށުމަށް މޯލްޑިވިއަންގެ ސީޕްލޭންއެއް ޗާޓަރކޮށްގެން ގެންދިއުމަކީ އެއްގައުމު އަނެއްގައުމަށް ކުރާ އިހްތިރާމް ރަމްޒުކޮށްދޭކަމެއްކަމަށެވެ.
PM Shri @narendramodi inaugurates water aerodrome and sea plane service in Kevadia, Gujarat. https://t.co/hss2STi3Zk
— BJP (@BJP4India) October 31, 2020
ރިޒްވީ ވިދާޅުވީ ދިވެހިންގެ ހުނަރާއި ގާބިލުކަން އެބަހުރި ކަމަށާއި އަދި އެކަން ބޭރުގެ ބޮޑެތި ގައުމުތަކުން ވެސް ބަލައިގަންނަކަން މިދަތުރުންވެސް ހާމަވެއްޖެ ކަމަށާއި މުސްތަގުބަލު ފެންނަނީ އުޖާލާކޮށް ކަމަށެވެ. އިންޑިއާއާއެކީ މި ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވާނީ ދެ ގައުމުގެ ގުޅުން ބަދަހިވެ ޒަމާންވީ އެކުވެރިކަން އިތުރަށް އާލާވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގައި ސީޕްލޭން ޙިދުމަތް ފެށުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދަތުރުތައް އިފްތިތާހުކޮށްދެއްވިއިރު، އެމަނިކުފާނަށް ދަތުރާ ގުޅޭގޮތުން އިރުޝާދު ދެއްވީ މޯލްޑިވިއަންގެ ކެބިން ކުރޫ އިންސްޓްރަކްޓަރ ހުސައިން ފަޒީލްއެވެ.
ކޮމެންޓު ފޮނުވާ