ޝިމާޒު ބަލިކޮށް އެމްއާރުއެމްގެ ނާއިބް ރައީސްކަމަށް ޝަޒައިލް

ޝިމާޒު ބަލިކޮށް އެމްއާރުއެމްގެ ނާއިބް ރައީސްކަމަށް ޝަޒައިލް

Author
މުޙައްމަދު ޝަޒައިމް
02 އޮކްޓޯބަރ 2021 04:58
0

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނާއިބް ރައީސްކަމުގެ މަޤާމަށް ޝަޒައިލް އިންތިޚާބު ކޮށްފިއެވެ.

ޝަޒައިލް، ނައިބް ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީމިނިސްޓަރު ޝިމާޒް އަލީއާ ވާދަކުރައްވައެވެ. ޝަޒައިލްއަށް ލިބިވަޑައިގެންނެވީ 62 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ 58 އިންސައްތައެވެ. ޝިމާޒް އަށް ލިބިވަޑައިގަތީ 44 ވޯޓެވެ. ނައިބް ރައީސް ހޮވަން 106 ބޭފުޅަކު ވަނީ ވޯޓުލާފައެވެ. ޝަޒައިިލަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން ސަސްޕެންޑްކުރި ބޭފުޅެކެެވެ.

އެމްއާރުއެމްގެ އިންތިޚާބުގައި ވޯޓަކާއި ނުލައި ހޮވުނު މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ޒައީމްގެ މަޤާމަށް ރައީސް މައުމޫން އަދި ރައީސްކަމަށް ފާރިސް މައުމޫން ވަނީ ހޮވިފައެވެ. އަންހެން މެމްބަރުންގެ ތެރެއިން ނާއިބް ރައީސްކަމަށް ޚާއްސަކުރި މަޤާމަށް ނާދިރާ ވަނީ ހޮވިފައެވެ. މި އިންތިޚާބުގައި ވޯޓަކުން ކަނޑައަޅަންޖެހޭ 4 މަޤާމަކީ ނާއިބް ރައީސް ކަމުގެ މަޤާމާއި، އެގްޒެކެޓިވް ކޮމެޓީގެ ފިރިހެން މެމްބަރުންގެ އިތުރުން ޒުވާނުންގެ ކައުންސިލަށް އަންހެނުންގެ ތެރެއިންނާއި، ފިރިހެނުންގެ ތެރެއިން އިންތިޚާބު ކުރަންޖޭ މެމްބަރުން އިންތިޚާބު ކުރުމެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ގައެވެ. އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.