ހޯރަފުށީ އެއާރޕޯޓް އަންނަ މަހުގެ 11 ވަނަ ދުވަހަށް ނިންމުމަށް ކުރަމުންދާ މަސައްކަތުގައި ކުންފުނިތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
އެއާޕޯޓްގެ މަސައްކަތް ހިނިގަމުންދާ ގޮތް ގާތުން ބަލައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ނިންމުމަށްޓަކައި އެމްޓީސީސީއާއި، ފެނަކައިގެ ވެރިންވެސް ދަނީ ދޭތެރެ ދޭތެރެއިން ހޯރަފުށްޓަށް ވަޑައިގެން މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންނުމަށް ގިނަ މަަސއްކަތްތަކެއް ކުރަމުންނެވެ.
ހީރަފުށީގައި ހުންނަވާ އެމްޓީސީސީގެ ސީސީއީއޯ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއާރޕޯޓް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށްޓަކައި ފެނަކައިގެ ފަރަތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ. މިވަރުގެ ބޮޑެތި މަޝްރޫއުތައް އަވަސްގޮތަކަށް ނިންމިގެންދާނީ މަސައްކަތުގައި ޝާމިލުވާ އެންމެން އެކީ އެއްރޫހެއްގައި މަސައްކަތް ކޮށްގެންކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
@MTCCPlc in hoarafusheega hadhanmundhaa airport gadiyah ninmumah @TeamFenaka ge muahzifunnaai adhi haasakoh Fenaka MD Saeed @myfoona dhehvamun gendhavaa eheetheriamah varah bodah shukuru dhananavan. Ekuveri kamakee gadhafadha baareh. @SalleHoarafushi pic.twitter.com/6ctrrv4pig
— Adam Azim #ReDiscover #Maldives (@adamazim) October 29, 2020
ހއ.މާފިނޮޅުގައި އެޅުމަށް ނިންމި އެއަރޕޯޓްގެ މަސައްކަތް، ހޯރަފުށްޓާއި ގުޅުވާލަން ސަރުކާރުން ނިންމީ ފެހިކަންގަދަ މާފިނޮޅު އެ ގުދުރަތީ ރީތިކަންމަތީ ބޭއްވުމަށެވެ. ހޯރަފުށި އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ 2019ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. އެރަށުން ހިއްކާފައިވާ ސަރަޙައްދަށް އިތުރު 16 ހެކްޓަރުގެ ބިން އިތުރުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީއާއެވެ.
ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.
ކޮމެންޓު ފޮނުވާ