މިދިޔަ ކުއާޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 100 މިލިޔަން ރުފިޔާ

މިދިޔަ ކުއާޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 100 މިލިޔަން ރުފިޔާ

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2020 12:05
0

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފުރަތަމަ ކުއާޓާރުގައި ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދެ ވަނަ ކުއާޓަރުގައި 105 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެސްޓީއޯގެ މިދިޔަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާގޮތުގައި އެ ކުންފުންޏަށް އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާާޓަރާ އަޅާބަލާއިރު 701 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައިވެސް ތެޔޮ ވިއްކައިގެން 818 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީއަށް ވުރެ 189 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުނީގެ މިދިޔަ ކުއާޓަރުގެ ހިންގުމުގެ ފައިދާ ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.