ޓްރިވެންޑްރަމަށް ދެން ދަތުރުކުރާނީ ހޯމަ އަދި ބުރާސްފަތި ދުވަހު

ޓްރިވެންޑްރަމަށް ދެން ދަތުރުކުރާނީ ހޯމަ އަދި ބުރާސްފަތި ދުވަހު

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2020 11:59
0

އިންޑިޔާގެ ޓްރިވެންޑްރަމަށް މޯލްޑިވިއަނުން ދަތުރުކުރާ ދުވަސްތަކަށް ބަދަލު ގެނެސްފިއެވެ.

މޯލްޑިވިއަނުން ބުނީ މިހާރު ޓްރިވެންޑްރަމަށް ދަތުރުކުރާނީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. ކުރިން މޯލްޑިވިއަނުން ޓްރިވެންޑްރަމަށް ދަތުކުރަމުން ގޮސްފައި ވަނީ ހޮނިހިރު އަދި ހޯމަ ދުވަހުއެވެ. ކުރިޔެކޭ އެއްގޮތަށް މިހާރުވެސް ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓް އަގަކީ 325 ޑޮލަރެވެ.

ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެެއް އައިސްފައިވާއިރު، ދަތުރުކުރާ ފަރާތްތަކާއި، ކްރޫއިންގެ ރައްކާތެރިކަމަށް ޓެންޕަރޭޗަރ ޗެކްކުރުމާއި، ފްލައިޓްތައް ޑިސްއިންފެކްޓްކުރުމުގެ ކަންތައްތައް މޯލްޑިވިއަންއިން ބަލަހައްޓާނެއެވެ. އަދި ފްލައިޓްގައި ދަތުރުކުރާއިރު ކްރޫ އަދި ފަސިންޖަރުން މާސްކް އަޅަންޖެހޭ ގޮތަށް ވަނީ ލާޒިމްކޮށްފައެވެ.

ކޯވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އިރުވެސް މޯލްޑިވިއަނުން ދިޔައީ ރާއްޖޭން ބޭރުގައި ތާށިވެފައިތިބި ދިވެހިން ޤައުމަށް ގެނައުމަށާއި، ރާއްޖޭގައި ތާށިވެފައިތިބި ބޭރު މީހުން އަނބުރާ ޤައުމަށް ފޮނުވުމަށް ޚާއްސަ ފްލައިޓްތައް އޮޕަރޭޓްކުރަމުންނެވެ. އަދި ރާއްޖެއަށް ޒަރޫރީ މުދާ އުފުލުމަށް ކާގޯ ފްލައިޓްތައްވެސް މޯލްޑިވިއަނުން ދިޔައީ އޮޕަރޭޓްކުރަމުންނެވެ. ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން މޯލްޑިވިއަނުން ރާއްޖޭގެ އެތެރޭގެ އުދުހުންތައްވެސް ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.