އިސްރާއީލުގެ މުވައްސަސާތަކުން އެގައުމުގެ ރައްޔިތުންނަށް ކޯވިޑް19ގެ 4 ވަނަ ބޫސްޓަރ ޑޯޒު ދޭން ތައްޔާރު ވުމަށް، އެގައުމުގެ ކޮރޯނާވައިރަސް ނޭޝަނަލް އެޑްވައިޒަރ މުވައްސަސާތަކަށް އަންގަވައިފިއެވެ.
"މި ވައިރަސް މި ތަނުގައި ގިނަ ދުވަސްތަކެއްވަންދެން ދެމިހުންނާނެކަން އަހަރެމެންނަށް އިގޭތީ، އަހަރެމެންވެސް އެބަޖެހޭ 4 ވަނަ ޑޯޒް ޖަހަން ތައްޔާރު ވާން،" ޓައިމްސް އޮފް އިސްރާއީލް ރޭޑިއޯގައި ވާހަކަ ދައްކަވަމުން ސަލްމާން ޒާރކާ ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، ކޯވިޑް19ގެ 4 ވަނަ ޑޯޒް ޖަހަން ފަށާނީ ކޮންއިރަކު ކަމެއް އޭނާ ހާމަ ކޮށްފައެއް ނުވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، 4 ވަނަ ބޫސްޓަރ ޑޯޒް ވެކްސިން ދޭއިރު، SARS-CoV-2އިން އުފަންވި، ގައިންގަޔަށް ފަސޭހައިން ފެތުރޭ، ޑެލްޓާ ވޭރިއެންޓްފަދަ ނުރައްކާތެރި ވޭރިއެންޓްތަކުން ރައްކާތެރި ވުމަށް، ވެކްސިނަށް އިތުރު ބަދަލުތައް ގެނައުމަކީވެސް އެކަށީގެންވާ ކަމެކެވެ.
"މިއީ ކުރިޔަށް އޮތްތަކުނުގައި، ކޯވިޑް ކާރިސާގެ ތެރޭގައި އަހަރެންމެން ދިރިއުޅެން ޖެހިފައިވާ ގޮތް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ޒާކާ ވިދާޅުވިގޮތުގައި، 2021ވަނަ އަހަރު ފަހުކޮޅުން ނުވަތަ 2022ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުން ކޯވިޑް ވެކްސިން ދެމުންދާނީ، އަލަށް އުފަންވާ ވޭރިއެންޓްތަކުން ސަލާމަތް ވުމަށްޓަކާ ގެންނަންޖެހޭ ބަދަލުތައް ކޯވިޑް ވެކްސިނަށް ގެނެސްގެންނެވެ.
ކޮމެންޓު ފޮނުވާ