ގްރޭޑް 12ގެ އިސްލާމް ގޮތުގެ އާޔަތެއްވެސް އޮތީ ނުބައިކޮށް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ވަނީ ގްރޭޑް 12 ގެ އިސްލާމް ފޮތުގައި ނުބައިކޮށް ލިޔެފައިވާ އާޔަތްވެސް ކުރެއްވި ޓްވޯީޓުގައި ހިމަނާފައެވެ. ޝަހީމް މިވަނީ މިކަން އަވަސް ފުރުސަތެއްގައި ހައްލު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ވަނީ ނުބައިކޮށް. އަވަސް ފުރުޞަތެއްގައި މިކަންކަން ރަނގަޅު ކުރައްވަންޖެހޭ.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ވަނީ ނުބައިކޮށް. އަވަސް ފުރުޞަތެއްގައި މިކަންކަން ރަނގަޅު ކުރައްވަންޖެހޭ.@aisthly @sunbrk @VaguthuOnline @MVIaffairs pic.twitter.com/GHjXXsSA53
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 4, 2021
ޑރ.ޝަހީީމް ވަނީ ގުރޭޑު 1ގެ ކުދިންގެ ޤުރުއާން ފޮތުގެ އާޔަތެއްވެރސް ނުބައިކޮށް އޮވެގެން އެކަން މިނިސްޓްރީގެ ސަމާލުކަމަށް މިއަދު ގެނެސްފައެވެ. މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ގުރޭޑު 1ގެ ޤުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްރިންޓުކުރިއިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަމަށެވެ. މިކަން މިނިސްޓްރީއަށް ފާހަގަވި ހިސާބުން އެކަން ޙައްލުކުރުމުގެ މަސައްކަތް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އެންއައިއީ އިން ފަށާފައިވާކަމަށެވެ. އެގޮތުން މައްސަލަ ދިމާވި ޤުރުއާން ފޮތުގެ އެސަފްޙާ ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަމުންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މިފޮތްތަކަކީ ޕްރިންޓު ކުރުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއާއި އެންއައިއީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލާ ޗެކްކޮށްފައިވާ ފޮތްތަކެއް ކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އެހެންކަމުން މިމައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
ސްކޫލް ކުދިންގެ އިސްލާމް ފޮތްތަކުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ އެފޮތަށް ބައެއް ބަދަލު ގެންނާނެ ކަމަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުން ދިޔުމާއި ގުޅިގެން ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް މިފަދަ އެއްވެސް ބަދަލެއް އިސްލާމް ފޮތަށް ގެންނަން ނުވިސްނާ ކަމަށް އެޑިއުކޭޝަނުންވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ