މުދަލު ޒަކާތުގެ ނިޞާބަކީ 6878.20ރ ކަމަށް ކަނޑައަޅައިފި

މުދަލު ޒަކާތުގެ ނިޞާބަކީ 6878.20ރ ކަމަށް ކަނޑައަޅައިފި

މުދަލު ޒަކާތުގެ ނިޞާބަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އޯގަސްޓުމަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބަކީ 6878.20 ރުފިޔާކަމަށް ކަނޑައަޅާފައިވާކަމަށެވެ. މީގެ ކުރީން މިއަހަރުގެ އެޕްރީލް މަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 6961.50ރ. އެވެ. އެހެން ކަމުން ނިޞާބުގެ އަދަދު މިވަނީ ދަށްވެފައެވެ.

އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނައި ކަމުގައި ވިއަސް މުދަލު ޒަކާތް ދައްކަން ޖެހެނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. މީރާ އިން ހާމަކޮށްފައިވާ ގޮތުގައި މުދަލު ޒަކާތް މީރާއަށް އޮންލައިކޮށް ވެސް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މިރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ. މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 7 މަސް ދުވަހު، މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 39.6 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު މިމުއްދަތުގައި މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 24 މިލިއަން ރުފިޔާއެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީއަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *