ޝުޖާ ވެފައިވާ ވަޢުދާއި އެއްގޮތަށް ކުނިކަހާ ދައްތަމެންނަށް ޖޫސްޕެޓީ ބަހައިފި

ޝުޖާ ވެފައިވާ ވަޢުދާއި އެއްގޮތަށް ކުނިކަހާ ދައްތަމެންނަށް ޖޫސްޕެޓީ ބަހައިފި

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2021 12:54
0

ހުޅުމާލެ ރީތި، ކަމާއި ސާފު ތަނަކަށް ހެދުމަށް މަސައްކަތްކުރާ ދައްތަމެންނަށް ޖޫސްޕެޓީ ބަހާނެކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރަހިމް ޝުޖާ ވެވަޑައިގެންވި ވަޢުދު ފުއްދަން ފަށައިފިއެވެ.

ޝުޖާނީ ކައުންސިލް ކެމްޕެއިންގައި އޭނާ ގެންގުޅުއްވި ނޯޓްފޮތުގައި ލިޔުއްވާފައިވާ ކަންކަން އަނެއްކާވެސް ހަނދާނަށް ގެނެސްފައެވެ. އެގޮތުން އަތިރިމަތި ކުނިކަހާ ދައްތަމެންނަށް ޖޫސްޕެޓީ ލިބޭނެ ކަމަށް ވެފައިވާ ވައުދު މަތީން ޝުޖާވަނީ ހަދާންކޮށް ދެއްވާފައެވެ.

ޝުޖާ ވަނީ އޮފީސް ގަޑީގައި ދައްތަމެންނަށް ޖޫސްޕެޓީ ހިފައިގެން ގޮސްބަހާފައެވެ. އަދި ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދައްތަމެން ކުރައްވާ މަސައްކަތަކީ ހެޔޮހިތުން ބަލައި ގަންނަ މަސައްކަތެއް ކަމަށެވެ. ކޮންމެ ދުވަހަކު ރަތްދެކަ އަވީގައި ކުރަމުންދާ މަސައްކަތަށް މިހާރު ލިބެމުންދަނީ ހައްގު އުޖޫރަ ނޫންކަމަށާއި، އެކަންވެސް ބަދަލު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށް ޝުޖާ ވިދާޅުވިއެވެ.

ދައްތަމެން ތިކުރައްވަނީ ބުރަ ބޮޑު މަސައްކަތެއް. ހުޅުމާލެ އަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ރަތްދަކަ އަވީގައި ތިޔަކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރާ މީހަކަށް އަޅުގަނޑު ވާނަން. ދައްތަމެން ތިޔަ ކުރައްވާ މަސައްކަތައް ލިބެނީ ހައްޤު މިންވަރެއްނޫން. މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ މުނިސިޕަލް ޚިދުމަތް ބަދަލުވުމުން ދައްތަމެންނަށް މިހާރު ލިބޭ އުޖޫރަ ބޮޑުކުރާނަން.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ގެންދަވަނީ ހުޅުމާލޭގެ އެކި މަސައްކަތް ތެރިންނާއި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް ހުރި މައްސަލަތައް ކެމްޕެއިން ތެރޭގައި ދެނެގަނެ ނޯޓްކޮށްފައެވެ. އަދި އޭރު ވައުދުވެ ވަޑައިގެންނެވި ގޮތަށް މިހާރު އެވައިދުތައް ފުއްދުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

Haqqu ujoora amilla verikamugai nudhevuneekeevve ehenbaegge verikamugai thiyagothah dhoguhadhai fithuna ufeh dhun rangalheh nuvaane