ޢާޝޫރާ ދުވަހަކީ ބުދަ ދުވަސް

ޢާޝޫރާ ދުވަހަކީ ބުދަ ދުވަސް

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2021 02:10
0

މިއަހަރުގެ ޢާޝޫރާ ދުވަހަކީ މިހިނގާ އޯގަސްޓް މަހުގެ 18 ވާ ބުދަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ އުޞޫލުގެ މަތީން 1463 ވަނައަހަރުގެ މުޙައްރަމް މަހުގެ 1 ވަނަ ދުވަހަކީ މިހިނގާ އޯގަސްޓް މަހުގެ 19 ވަނަދުވަސް ކަމަށްވާތީ، 1443 ވަނައަހަރުގެ މުޙައްރަމް މަހުގެ 10 ވަނަދުވަހަކީ ( ޢާޝޫރާދުވަހަކީ) މިހިނގާ އޯގަސްޓް މަހުގެ 18 ވާ ބުދަ ދުވަސް ކަމަށެވެ.

އަހަރުފެށުމުގައި ޤައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރިނަމަވެސް ޢަމަލުކުރަންވާނީ އެބަޔަކު ދިރިއުޅޭ ތަނެއްގައި ޢަމަލުކުރެވޭ އުޞޫލުގެ މަތީންކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ 1443 ވަނައަހަރުގެ ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް ނަސޭޙަތްތެރި ވެފައެވެ. ޢާޝޫރާ ދުވަހުގެ (މުޙައްރަމް މަހުގެ 10 ވަނަ ދުވަހު) ރޯދަ ހިފުން ސުންނަތް ވެގެންވާ ދުވަހެއް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޢާޝޫރާ ދުވަހު ރޯދަހިފުން ސުންނަތްވެގެންވާ ގޮތަކީ ޢާޝޫރާ ދުވަހުގެ ކުރީދުވަހާއެކު ނުވަތަ ޢާޝޫރާ ދުވަހާއި އެދުވަހުގެ ފަހު ދުވަހާއެކު ރޯދަހިފުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.