އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދާއިއެކު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމުގައި ޕީއެންސީގެ ނާއިބް ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައިވާ ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ ރައީސް ނަޝީދު، ސިޔާސީ ގޮތުން ވަކި ކަންތައްތަކެއް ހާސިލް ކުުރުމުގެ ބޭނުމުގައި ޕްރޮގްރެސިވް ކޯލިޝަން ނިވާފަތްގަނޑަކަށް ހެދުމަށް ޖާގަ ދެވެން ނެތްކަމަށެވެ. ޕްރޮގްރެސިވް ކޯލިަނަކީ ވަކި ސިޔާސަތު ތަކެއްގެ މަތީގައި އޮތް ސިޔާސީ ފިކުރަކަށްވާއިރު، ޤައުމާއި ރައްޔިތުންގެ ހައްގުތައް ދޫކޮށް ވަކި މީހެއްގެ ސިޔާސީ ކަންތައްތަކެއް ހާސިލް ކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ނުދާނެކަމަށް ޝުޖާ ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޕީޕީއެމްތެރެ ފަސާދަ ކުރުމުގެ ޖާގަ މަނިކުފާނަށް ދޭގޮތަކަށް ނޫން އަޅުގަނޑުމެން މިތިބީ. އަދި ރައީސް މުހައްމަދު ނަޝީދާއިއެކު، ޕީޕީއެމް، ޕީއެންސީން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް އަޅުގަނޑުމެން ނޯންނާނެ ވާހަކަ ރައީސް ޔާމީންގެ ސަޕޯޓަރުންނަށް އަޅުގަނޑުމެން މިރޭ ދަންނަވަން ބޭނުން.
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ ރައީސް ޞާލިހަށް ނަޝީދު ތާއީދު ނުކުރާކަން ދިވެހި މީއާތަކާއި ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހުއްޓި ވަޑައިގެން ހާމަކުރަންޖެހޭކަމަށެވެ. ނަޝީދާއި، ޞާލިހުއަކީ އެއްމަސައްކަތެއް ކުރަ އެއްބައެއްކަމަށް ދިވެހިން ގަބޫލުކުރާއިރު، ޕާޓީއަށާއި، ސަރުކާރަށް ރައްޔިތުންގެ ތާއީދު ގެއްލުމުން އަލުން ތާއީދު ހޯދުމަށް ސިޔާސީ ގޭމްތައް ކުޅުމުގެ ފުރުސަތު ދެން ދެވެހި ރައްޔިތުން ނުދެއްވާނެކަމަށް ޝުޖާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިވެރިން ދިފާއު ކުރުމަށް ރާއްޖޭގައި އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތައް ވަނީ ބައިވެރިވެފައިކަމަށެވެ. ޤައުމު ވިއްކާލުމުގައި އެބޭފުޅުން އިންތިހާއަށް ބައިވެރިވަމުންދާއިރު، މިސަރުކާރުން ރައްޔިތުންނާއި ދެކޮޅަށް ނިންމާ ކޮންމެ ނިންމުމެއްގައިވެސް މިބޭފުޅުންގެ ހިއްސާ ބޮޑުކަމަށް ޝުޖާ ވިދާޅުވިއެވެ. މިބޭފުޅުންނަށް ދިވެހި ރައްޔިތުން ނުހަނު ރަނގަޅާށް ފާރަވެރިވާނެ ކަމަށާއި، އަދި އެބޭފުޅުންގެ ސިޔާސީ މަސައްކަތްތަކާއިމެދު ރައްޔިތުން ސަމާލުވެ، ކުރިއަށް އޮތް އިންތިޚާބުގައި ސާފު ޖަވާބެއް ދެއްވާނެކަމަށް ޝުޖާ ވިދާޅުވިއެވެ.
ޝުޖާވަނީ ޕީޕީއެމްއިން ކުރާ މަސައްކަތުގައި ގިނަ ބަޔަކު ބައިވެރިވެ، ޕީޕީއެމްއިން ރައީސް ޔާމީން 2023ގައި ވެރިކަމަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ތާއީދު އިތުރުވަމުންދާކަމީ އުފާކުރާ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި މިކަމުން ދޭހަވަމުންދަނީ ރައީސް ޔާމީނަށް ދިވެހި ޤައުމު އަދިވެސް ބޭނުންވާ މިންވަރުކަމަށާއި، މަސައްކަތް ހުއްޓާލާނީ ރައީސް ޔަމީން 2023ގައި ރައީސްކަމަށް އިންތިޚާބު ކޮށްފައިކަމަށް ޝުޖާ ވިދާޅުވިއެވެ.
2 Responses
ޢެކަމަކު ރައީސް ޔާމީނު ގެއައް ބަދަލު ކިރީ ރައީސް ނަސީދު ގެ ސަޕޯޓާއި އެކު . ދެނޯ.
Nasheed konkameh kuree yaameenu geyah badhalukuran e ee jaahilehnu