ޗުއްޓީގައި އެޗްޕީއޭގެ އިރުޝާދުތައް ހަނދާންބައްހައްޓަވާ: މަބްރޫކް

ޗުއްޓީގައި އެޗްޕީއޭގެ އިރުޝާދުތައް ހަނދާންބައްހައްޓަވާ: މަބްރޫކް

Author
މުޙައްމަދު ޝަޒައިމް
21 ޖުލައި 2021 02:54
0

ޢީދު ބަންދާއި، ޖުލައި 26 ޗުއްޓީ ދުވަސްތައް ހޭދަ ކުރަމުންދާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތައް ހުރިހާ ރައްޔިތުންވެސް ހަނދުމަފުޅު ބެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އިލްތިމާސް ކުރައްވައިފިއެވެ.

މަބްރޫކް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާ ވިދާޅުވީ ޗުއްޓީގައި އުޅޭއިރުވެސް އެޗްޕީއޭއިން އަންގާފައިވާ ގޮތަށް މާސްކު އަޅާ، ސެނެޓައިޒްކޮށް، ގިނަގިނައިން އަތް ދޮވެހެދުމަށާއި ގިނަ މީހުން އެއްވާތަންތަނަށް ދިއުން މަދުކޮށްލުމަށް އިލްތިމާސް ކުރާކަމަށެވެ.

ކޯވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންނަށް މޮނިޓަރިންގައި ނެތް ރަށްރަށަށް ކަރަންޓީނަކާނުލާ ދެވޭ ގޮތަށް ލުއިދީފައިވަނީ ކޯވިޑް-19އިގެ ހާލަތު ރަނގަޅުވަމުން ދާތީ ދިން ލުއިތަކާއިއެކު އެވެ.

ދެ ޑޯޒް ޖަހައި އަދި 14 ދުވަސް ހަމަވެފައިވާނަމަ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކީގައި ކަރަންޓީނަކާއި ނުލާ  މޮނިޓަރިން ނޫން ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށާއި ކަރަންޓީން ވާން ނުޖެހޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައިއެވެ.

ކޯވިޑް-19ގެ ވަބާގައި އަޅުގަނޑުމެން އުޅެމުން ގެންދާތާ ދެ އަހަރު ދުވަސް ވުމާއި ގާތަށް ގޮސްފައިވާއިރު ދެ ފަހަރެއްގެ މަތިން ރާއްޖޭގެ އެންމެބޮޑު އާބާދީއެއް އޮތް މާލޭ ސިޓީ މިވަނީ ލޮކްޑައުން ކޮށްފައެވެ. މި ބަލިމަޑުކަމުގެ ތެރެއިން ހިތް އުފާކޮށްލައި، ގުޅުންތަށް ބަދަހިކޮށްލަން މިހާރު މި ލިބިފައި އޮތް ޢީދަކީ، މި ބަލިމަޑުކަމުގައި އަޅުގަނޑުމެން އުޅެން ފެށިފަހުން ލިބުނު މިފަދަ އެންމެ ބޮޑު ފުރުސަތެވެ. ނަމަވެސް މިފުރުސަތުގެ ބޭނުން ހިފާއިރު ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއިއެކު ބޭނުން ކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.