ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މަރާމާތުގެ 60 އިންސައްތަ ނިންމައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މަރާމާތުގެ 60 އިންސައްތަ ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2021 11:48
0

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާ މި އިމާރާތުގެ އަޕްޑޭޓް މިއަދު ވަނީ ދީފައެވެ. އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ވާރޑް އިމާރާތުގެ ސީލިންގ މަސައްކަތްތައް ކަމަށެވެ.

ހެލްތު މިނިސްޓްރީން 30 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ހަވާލު ކުރި މި މަަސައްކަތުގައި ލެބޯރެޓަރީ އަކާއި ވޯޑް އިމާރާތެއް އެޅުމާއެކު އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ހަ މަސްދުވަހުން ނިންމަން ހަވާލުކުރި މަޝްރުއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.