ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލާން ފުރުޞަތު ހުޅުވާލައިފި

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލާން ފުރުޞަތު ހުޅުވާލައިފި

Author
އަހުމަދު
13 ޖުލައި 2026 10:47
0

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ފުރުޞަތު ހުޅުވާލީ، މިހާރު އެ މަޤާމުގައި ހުންނެވި ބޭފުޅާގެ މުއްދަތު ހަމަވާތީ ކަމަށެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަންނާނީ މިއަދުން ފެށިގެން 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. ފޯމު ބަލައިގަތުމުގެ ކަންކަން ކުރިއަށްދާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު https://presidency.gov.mv އިން ވެސް ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.

ޤައުމީ ތަފާސްހިސާބުތައް އެއްކުރުމާއި، ދިރާސާކުރުމާއި، ޝާއިޢުކުރުމުގެ އެންމެ އިސް ޒިންމާ އުފުއްލަވަނީ ޗީފް ސްޓެޓިސްޓީޝަން އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.