ހއ އިން ފެށިގެން އދ އަތޮޅާ ހަމައަށް މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓެއް ނެރެފިއެވެ.
މެޓް އޮފީހުން ބުނީ މި އެލާޓް ދެމިއޮންނާނީ މިއަދު 10:30 ގެ ނިޔަލަށް ކަމަށެވެ.
އެލާޓް ނެރެފައިވާ ސަރަހައްދަކީ ލޯންޗު ދަތުރުތައް އެންމެ ގިނައިން ހިންގޭ ސަރަހައްދެވެ. އެހެންކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.
މީގެ އިތުރުން، އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ