މި އަހަރުގެ ކެމްބްރިޖް އޭލެވެލް އިމްތިޙާނުގައި އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން މިއަދު ހުޅުވާލައިފިއެވެ.
އެ ޑިޕާޓްމަންޓުން ބުނިގޮތުގައި، ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިޙާނުގައި ބައިވެރިވުމަށެވެ. ފޯމު ބަލައިގަންނާނީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭ 12 ޖެހުމާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ކޮންމެ ދަރިވަރަކުވެސް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށް ޑިޕާޓްމަންޓުން ބުނެއެވެ.
ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ ގޫގުލް ފޯމު މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި އިމްތިޙާނުގެ ފީ ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ބަނޑޭރި ޕޭ މެދުވެރިކޮށްކަން ފާހަގަކޮށްފައިވެއެވެ.
އިމްތިޙާނާ ގުޅޭ އިތުރު ތަފްޞީލު ޑިޕާޓްމަންޓްގެ ލިންކް ޓްރީ ޕޭޖުން ލިބޭނެ ކަމަށާއި، ސުންގަޑި ފާއިތުވުމުގެ ކުރިން ފޯމު ހުށަހަޅައި ފީ ދައްކާ ނިންމުމަށް އެ ޑިޕާޓްމަންޓުން ވަނީ ދަރިވަރުންގެ ކިބައިން އެދިފައެވެ.
ކޮމެންޓު ފޮނުވާ