އަންހެނުން ޚިތާނު ކުރުމުގެ މައްސަލާގައި ކޮމިޓީން ޚިޔާލު ހޯދަންނުޖެހޭ: އިވާ

އަންހެނުން ޚިތާނު ކުރުމުގެ މައްސަލާގައި ކޮމިޓީން ޚިޔާލު ހޯދަންނުޖެހޭ: އިވާ

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2021 10:58
0

އަންހެނުން ޚިތާނު ކުރުމާ މެދު އިދާރާތަކުގެ ޚިޔާލު ހިއުމަން ރައިޓްސް ކޮމިޓީން ހޯދަން ނުޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއަށްފަހު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުންދާ އީވާ އިވާ ވިދާޅުވީ އަންހެނުން ޚިތާނު ކުރުމާއިމެދު ކޮމިޓީން ޚިޔާލު ހޯދުމަށް ނިންމި ނިންމުމާއިމެދު އަލުން ވިސްނުމަށް އެދިފައިވާކަމަށެވެ. މިމައްސަލަކީ ވަރަށް ސާފުކޮށް އޮތް މައްސަލައަކަށްވާއިރު، މިކަމުގައި ކޮމެޓީންވެސް އަދި މަޖިލީހުންވެސް ކުރަންޖެހޭ ކަމަކީ އަންހެނުން ޚިތާނު ކުރުން މަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުންކަމަށެވެ.

އެޓާނީޖެނެރަލްވެސް މަޖިލީހުން ލަފާދެއްވާފައިވަނީ މިކަމުގައި އެގޮތަކަށް ކަމަށްވާއިރު، އަންހެނުން ޚިތާނު ކުރުމުގެ މައްސަލާގައި މިހާރު ކޮމިޓީން ބަލަންވީ ރާއްޖޭގައި މިކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާއި، މިހާތަނަށް މިކަން ހުއްޓުވުމަށް އޮތް ހުރަސްތަކަކީ ކޮބައިކަން ކަމުގައި އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ކޮމިޓީގެ ނިންމުމެއް ބަދަލު ކުރުމުގެ ބާރު ނުވަތަ ނިންމުމެއް ކުރިއަށް ގެންދިއުން ހުއްޓުމަކީ ރިޔާސަތަށް ކުރެވޭނެ ކަމެއް ނޫން ކަން ޤަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު އެ ނިންމުން މުރާޖައާ ކުރަން އެދިވަޑައިގެނެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މި މައްސަލަ ބަލަން ފެށީ، އެ ކަމަށް ހިތްވަރުދީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވާހަކަ ދައްކަވާތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި މައްސަލައަކާ މެދު ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.