އަޅުގަނޑަށް ދިން ހަމަލާ، ރައީސުލްޖުމްހޫރިއްޔާއަށް ވީއެންމެ ރަނގަޅަކަށް ބަލާނެ: ނަޝީދު

އަޅުގަނޑަށް ދިން ހަމަލާ، ރައީސުލްޖުމްހޫރިއްޔާއަށް ވީއެންމެ ރަނގަޅަކަށް ބަލާނެ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2021 09:10
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއާއި ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގުގައި އެކަން ހިނގައިދިޔަ ގޮތް ވީއެންމެ ރަނގަޅަކަށް ރައީސުލްކުމްހޫރިއްޔާ ބައްލަވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ތަހުޤީގު ވަރަށް ގާތުން ބަލަމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެ ދެއްކެވި ވާހަކަތާއި ގުޅިގެން ނަޝީދުގެ އެލެކްސް އެކައުންޓުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް އެކަން ވަރަށް ގާތުން ބައްލަަވާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ.

އަޅުގަނޑުވެސް ދެކޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަށްވީ އެންމެ ރަނގަޅަކަށް އެކަންބަލާނެ.

– ނަޝީދު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގު ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ފުލުހުންގެ ފަރާތުން މައުލޫމާތަށް ބަލާ އިރު، މައްސަލައާ ގުޅޭ 8 މީހެއް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ހަތަރު މީހުންގެ މައްސަލައިގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވޭނެ ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި މައްސަލައިގެ ތަހުޤީގު މެދުނުކެނޑި އަދިވެސް ކުރިއަށް ގެންދާނެ ކަމަށާއި، ތަހުޤީގު ހިނގަމުން ދާ ގޮތް ވަރަށް ގާތުން އެމަނިކުފާނު ބައްލަވަމުންދާ ކަމަށެވެ.

މީގެ އިތުރުން، މި ތަހުޤީގާ ގުޅިގެން އިންޓެލިޖެންސް އޭޖެންސީގެ މަސައްކަތްތައް އިތުރަށް އިސްލާހު ކުރަންޖެހޭ ކަމެއް އޮތްތޯ ބެލުމަށް އެކުލަވާލި އިންކުއަރީ މަޖިލީހުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އޭގެ ތަފްސީލުތަކުގެ ބްރީފިން އެއް ލިބިފައި ހުރި ކަން ފާހަގަކޮށް ރައީސް ވިދާޅުވީ، އޭގެ ފައިނަލް ރިޕޯޓާއެކު އިންޓެލިޖެންސް އޭޖެންސީގެ މަސައްކަތްތައް އިސްލާހްކުރަން ޖެހޭނަމަ އެކަން ކުރާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.