ޖަމިއްޔަތުއް ސަލަފްގެ އިސް ބޭފުޅެއް ކަމުގައިވާ ޝައިހް މުޖުތަބާ ހަމީދު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މި މަހުގެ ފުރަތަމަ ދުވަހު ކުރެއްވި ޓްވީޓަކާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކަމަށް އޭނާގެ ވަކީލް އައްސަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝައިޚު މުޖުތަމާއި ފުލުހަށް ހާޒިރުކޮށްފައިވަނީ ނަފްރަތު ބިލާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނަސޭހަތްތެރިވެ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އެގޮތުން ޝައިޚު މުޖުތަބާ ވަނީ މިބިލާއިމެދު މަޖިލިސް މެމްބަރުން ނުހަނު ބޮޑަށް ވިސްނުމަށް އެދިފައެވެ. ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ މެމްބަރުންގެ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރައްވުމަށްވެސް ޝައިޚު ވަނީ މެމްބަރުންނަށް ހަދާން ކޮށްދެއްވާފައެެވެ.
މަޖިލީހުގެ މެމްބަރުންނޭވެ! ތިޔަބޭފުޅުންގެ ކުރިމައްޗަށް ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ ތިޔަބޭފުޅުންގެ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރައްވާށެވެ.
— Mujthaba Hameed (@HameedMujthaba) June 1, 2021
މުޖްތަބާގެ ގާނޫނީ ވަކީލް އައްސަދު ޝަރީފް ވިދާޅުވީ ފުލުހަށް ހާޒިރުކުރީ މުޖްތަބާ ކުރެއްވި ޓްވީޓެއް ޝަކުވާއެއް ކޮށްފައި އޮތުމުން މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުން ބުނާ ކަމަށެވެ. ނަމަވެސް މިއީ ބައެއްގެ ޕްރެޝަރުގައި އެހެން ނިޔަތެއް އޮވެގެން ކުރި ކަމެއް ކަމަށް ދެކުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އައްސަދު ވިދާޅުވީ މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ މީގެ ކުރިން ހާޒިރުކުރި ބައެއް ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގާ ދައުވާވެސް ކޮށްފައިވާ ކަމަށެވެ. އެހެންވީމަ ބައެއް މައްސަލަތަކުގައި ފުލުހުން އަމަލު ކުރާ ގޮތާމެދު ސުވާލު އުފެދުމުގެ ޖާގަ ހުޅުވިފައިވާ ކަމަށެވެ.
ޝައިޚު މުޖުތަބާގެ އިލްމީ ނަސޭހަތުގެ ޓްވީޓާއި ގުޅިގެން ފުލުހަށް ހާޒިރު ކުރިކުރުމަކީ އިލްމުވެރިންނަށް ބިރު ދެއްކުމަށް ކުރެވޭ ކަމެއްކަމެއްގެ ގޮތުގައި ސަލަފް ޖަމްއިއްޔާއިން ވަނީ ބުނެފައެވެ. އަދި މިހާރު އެޖަމްއިއްޔާއިން ނަފްރަތު ބިލާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ކުޑަވެސް ހީނަރުކަމެއް މިކަމުގެ ސަބަބުން ނާންނެކަމަށާއި، ބިލާއި ދެކޮޅަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެކަމަށް އެޖަމްއިއްޔާއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ