އިލެކްޝަންސް ކޮމިޝަންގެ މެންބަރަކުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައްވައިފިއެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިމިވަނީ އެކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް މިމަހުގެ 15 ވަނަ ދުވަހު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަރީފު އައްޔަންކުރެއްވުމާއި ގުޅިގެން އެ ކޮމިޝަނުގެ ރައީސްގެ މަޤާމަށް އަޙްމަދު ޝަރީފް އިންތިޚާބު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗްމަހުގެ 6 ވަނަ ދުވަހުގައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށްފަހު ވަޑައިގަންނަވަނީ މިސަރުކާރުގެ ކުންފުންޏެއްގެ އިސް މަޤާމަކަށްކަމަށް ޝަރީފްވާނީ އޭރު ވިދާޅުވެފައެވެ.
އީސީން ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، އެކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޖުލައި 6 އަދި 7 ވަނަ ދުވަހު، ހެނދުނު 10:30 އިން މެންދުރު 12:30 އާ ދެމެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
އީސީގައި ފަސް މެންވަރުން ތިއްބަވައެވެ. އީސީގެ ރައީސް ޝަރީފް އިސްތިއުފާދެއްވުމާއި ގުޅިގެން، އެކޮމިޝަންގެ ރައިސްކަމަށް ވަޑައިގަތުމުގެ ޝަޢުޤުވެރިކަން ފުވާދު ތަޢުފީޤް ވަނީ ފާޅުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ