20 އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ލޯންޗެއް، މާލޭ ދެކުނު ފަރާތު ފަޅުން ބޭރަށް ނިކުންނަނިކޮށް ނެރު ކައިރީގައި ހުރި ގާތަކުގެ މައްޗަށް މިއަދު އުރިއްޖެއެވެ.
މި ހާދިސާ ހިނގައިފައި ވަނީ މާލެ އަށް ބޮޑަށް އުދަ އަރައި، ދެކުނު ފަރާތު ނެރު ސަރަހައްދު ވެސް ހަލަބޮލިވެފައި އޮތް ވަގުތެއްގައި، ލޯންޗު ކޮންޓްރޯލް ނުކުރެވިގެން ކަމަށް ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ވޮއިސް އަށް މައުލޫމާތު ދިނެވެ. އޭނާ ބުނި ގޮތުގައި، ބޮޑެތި ރާޅުތަކުގެ ތެރޭގައި ލޯންޗު އަރިއަޅައިލައިގެން ގޮސް ޖެހުނީ ނެރު ކައިރީ ގާތަކުގެ މައްޗަށެވެ.
ލޯންޗުގައި އެ ވަގުތު 20 އަށްވުރެ ގިނަ ފަސިންޖަރުން ތިބި ކަމަށް ވެސް ބުނެއެވެ. ނަމަވެސް އެއިން މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވެއެވެ. ހާދިސާއާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުގެ ރަސްމީ ބަހެއް ވެސް އަދި ހޯދިފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ