ބަންދުކޮށްފައިވާ ވޯކްވޭ ބޭނުންކުރާ ފަރާތްތަކަށް ފުލުހުންގެ ހަރުކަށި އިންޒާރެއް

ބަންދުކޮށްފައިވާ ވޯކްވޭ ބޭނުންކުރާ ފަރާތްތަކަށް ފުލުހުންގެ ހަރުކަށި އިންޒާރެއް

Author
އަހުމަދު
27 ސެޕްޓެމްބަރ 2026 09:19
0

ސިނަމާލެ ބުރިޖުގެ އެއާޕޯޓް ކޮޅުގައި ވޯކްވޭ ބަންދުކުރުމަށް ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް، ހިނގައިގެން ހުޅުލެއާއި ހުޅުމާލެއަށް ދާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން އިންޒާރުދީފިއެވެ.

ރޭ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، ބުރިޖާއި ހުޅުލެ އަދި ހައިވޭ ގުޅޭ ޓްރެފިކް ލައިޓު ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓު ހިނގުން ކުޑަކުރުމަށްޓަކައި ވޯކްވޭގެ އެ ބައި ބަންދުކުރީ ކަމަށެވެ. އެހެންނަމަވެސް، ބައެއް މީހުން ބެރިކޭޑުތައް ނައްޓާލައިގެން ނުވަތަ ހުރަސްކޮށްގެން ހިނގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބުރިޖު ހުޅުވި ދުވަހުން ފެށިގެން، ވޯކްވޭގެ އެ ކޮޅުން ހިނގައިގެން އެއާޕޯޓާއި ހުޅުމާލެއަށް ދިއުމަކީ މަނާކަމެކެވެ. އެކަން އާންމުންނަށް އެނގޭނެ ގޮތަށް އެ ސަރަހައްދުގައި ހާއްސަ ބެރިކޭޑެއް ވެސް ބަހައްޓާފައިވެއެވެ.

ސިނަމާލެ ބުރިޖުގެ ވޯކްވޭއަކީ ކަސްރަތަށް ހިނގުމާއި ވަގުތު ހޭދަކުރުމަށް ކޮންމެ ދުވަހަކު ގިނަ ބަޔަކު ދާ ތަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.