ފްލައިދުބާއީއަށް އިސްރާއީލަށް ދަތުރުކުރުމުގެ ހުއްދަ އަލުން ދީފި

ފްލައިދުބާއީއަށް އިސްރާއީލަށް ދަތުރުކުރުމުގެ ހުއްދަ އަލުން ދީފި

Author
އަހުމަދު
24 ނޮވެމްބަރ 2026 09:31
0

ސެޕްޓެމްބަރު 30 ވަނަ ދުވަހު ހައިޖެކްކޮށް ވައްޓާލަން އުޅުނު ހާދިސާއަށްފަހު މެދުކަނޑާލި ފްލައިދުބާއީގެ ދަތުރުތައް އިސްރާއީލަށް އަލުން ފެށުމުގެ ހުއްދަ އިސްރާއީލުގެ ޓްރާންސްޕޯޓް މިނިސްޓަރު މިރީ ރެގޭވް ދީފިއެވެ. ނަމަވެސް ދަތުރުތައް ރަސްމީކޮށް ފެށުމަށް އިސްރާއީލުގެ ސަލާމަތީ އިދާރާތަކުގެ ހުއްދަ ވެސް ލިބެން ޖެހޭނެއެވެ.

ނޮވެމްބަރު 16 ވަނަ ދުވަހު ދުބާއީގައި އިސްރާއީލުގެ އޮފިޝަލުންނާއި ޔޫއޭއީގެ އޭވިއޭޝަން އޮފިޝަލުން ބައްދަލުކުރިއެވެ. އެ ބައްދަލުވުމުގައި ސަލާމަތީ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްފަހު މި ނިންމުމަށް އައީއެވެ. ހާދިސާއަށްފަހު އެއާލައިނުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެ ބައްދަލުވުމުގައި މިނިސްޓަރަށް ހުށަހަޅާފައިވެއެވެ.

ދުބާއީން ތެލް އަވީވަށް 182 މީހުންނާއެކު ދަތުރުކުރި ބޯޓު ހައިޖެކްކުރަން އުޅުނު ކަމުގެ ތުހުމަތު ކުރެވެނީ އޮމާންގެ ކޯ-ޕައިލެޓް ހައްމާމް އަލް ހަމާނީއަށެވެ. ޕައިލެޓަށް ހަމަލާދީ ޒަޚަމްކުރުމަށްފަހު ޕައިލެޓް ކޮކްޕިޓް ދޮރު ހުޅުވާލިއެވެ. އޭރު ކްރޫންނާއި ފަސިންޖަރުން ކޮކްޕިޓަށް ވަދެ ކޯ-ޕައިލެޓް ހިފަހައްޓައި ބޯޓުގެ ކޮންޓްރޯލް ހޯދިއެވެ. ފަހުން ބޯޓު ސައޫދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ކުއްލިގޮތުން ޖައްސައި، ބޯޓުގައި ތިބި އެންމެން ސަލާމަތްކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.