އިސްރާއީލު ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު މިއަހަރު އަރާފައިވަނީ ފާއިތުވި 16 އަހަރުގެ ތެރޭގައި އެންމެ މަތީ ފެންވަރަށް ކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ.
އިސްރާއީލުގެ ހާރެޓްޒް ނޫހުގެ ރިޕޯޓެއްގައިވާ ގޮތުން، މިއަހަރު މިހާތަނަށް ޚިދުމަތުގައި ތިބި 23 ސިފައިންނާއި އޮފިސަރުން އަމިއްލައަށް މަރުވެއްޖެއެވެ. އެއީ 16 އަހަރުގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާއިން ރެކޯޑުކުރި އެންމެ ބޮޑު އަދަދެވެ.
ރިޕޯޓުގައިވާ ގޮތުން، ޣައްޒާ ހަނގުރާމައިގައި ބައިވެރިވެ ޚިދުމަތުން ވަކިވި 17 މީހަކު ވެސް މިއަހަރު އަމިއްލައަށް މަރުވެއްޖެއެވެ. އަދި އިސްރާއީލު ފުލުހުންގެ ފަސް އޮފިސަރަކު ވެސް މިއަހަރު މިގޮތަށް މަރުވެއްޖެއެވެ.
ހަނގުރާމަ ފެށުމުގެ ކުރިން ދިހަ އަހަރު ދުވަހު އިސްރާއީލު އަސްކަރިއްޔާގައި އަމިއްލައަށް މަރުވެފައިވަނީ އަހަރަކު އެވްރެޖްކޮށް 12 ސިފައިންނެވެ. ނަމަވެސް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަނގުރާމަ ފެށުމަށްފަހު، ސަލާމަތީ ބާރުތަކުގެ ތެރޭގައި މިފަދަ މަރުތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ