ހަވާ އެރުވުމާއެކު މިނިވަން ދުވަހުގެ ކުޅިވަރުތައް ކުލަގަދަކޮށް ބާއްވައިފި

ހަވާ އެރުވުމާއެކު މިނިވަން ދުވަހުގެ ކުޅިވަރުތައް ކުލަގަދަކޮށް ބާއްވައިފި

Author
އަހުމަދު
26 ޖުލައި 2026 11:09
0

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރުތައް ކުލަގަދަ ހަވާ އެރުވުމަކާއެކު ރޭ ޖުމްހޫރީ މައިދާނުގައި ބާއްވައިފި އެވެ.

ރޭ 8:30 ގައި ފެށި މި ހަރަކާތްތައް ބެލުމަށް ޖުމްހޫރީ މައިދާން ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވި އެވެ. ބޮޑުބެރާއި ސަގާފީ ނެށުންތަކުގެ އިތުރުން ސްކޫލު ދަރިވަރުންގެ ހުނަރުވެރި ހުށަހެޅުންތަކާއި ސިފައިންގެ ޕެރޭޑެއް ވެސް ކުޅިވަރުތަކުގައި ހިމެނުނެވެ. މީގެ އިތުރުން، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އިހުޒަމާނުގައި ސިފައިން ކޮށްފައިވާ މަސައްކަތްތައް ދައްކުވައިދޭ ހުށަހެޅުންތަކެއް ވެސް ގެނެސްދިނެވެ.

ކުޅިވަރު އައިޓަމްތައް ނިމުމުން، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ގާތްގަނޑަކަށް ފަސް މިނެޓް ވަންދެން ހަވާ އަރުވައި، އުޑުމަތި ކުލަކުލައިން ދިއްލާލި އެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒުގެ ހާއްސަ މަންދޫބު، ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު އަދި ސައޫދީގެ ކެބިނެޓް މެންބަރު ޕްރިންސް ޑރ. މަންސޫރު ބިން މުތުއިބު ބިން އަބްދުލްއަޒީޒެވެ.

ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.