13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރުކުރީ ކުށުގެ ރެކޯޑް އޮތް ޒިހާން!

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރުކުރީ ކުށުގެ ރެކޯޑް އޮތް ޒިހާން!

Author
މުޙައްމަދު ޖިމީ
22 ޖޫން 2021 03:34
0

ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންކަން ކަށަވަރުވެއްޖެއެވެ. އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮތް 13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ. މި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ.

އެދެމީހުން ހައްޔަރުކޮށްފައިވަނީ ގެސްޓ ްހައުސްއަކުންކަންވެސް ވަނީ ކަށަވަރުވެފައެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައ ހައްޔަރުކުރި ޒިހާންއަކީ މަސްތުވާތަކެތީގެ މައްސަލާގައި ކުރިން ޖަލަށްވެސް ލާފައިވާ މީހެކެވެ. އޭނާގެ މަސްތުވާތަކެތީގެ އިތުރުން މާރާމާރީގެވެސް ރެކޯޑށް އޮންނަކަން ވަނީ އެނގިފައެވެ.

އެކުއްޖާ މަރާލި މައްސަލާގައި ހައްޔަރުކުރި ޒިހާންއާއި އިތުރު މީހާއަކީ އެކުއްޖާގެ ރަހުމަތްތެރިންނެވެ. ފުލުހުން ބުނީ، މަރާލާފައިވާ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.