ޤައުމުގައި ބޮޑު ބިރުވެރިކަމެއްގައި، ސަރުކާރާއި މަޖިލީހުން އަވަދިނެތި ކުރަނީ ގޭތެރޭގެ މަސައްކަތް: ސައީދު

ޤައުމުގައި ބޮޑު ބިރުވެރިކަމެއްގައި، ސަރުކާރާއި މަޖިލީހުން އަވަދިނެތި ކުރަނީ ގޭތެރޭގެ މަސައްކަތް: ސައީދު

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2021 09:14
0

ޤައުމުގައި ބޮޑު ބިރުވެރިކަމެއްގައި، އޮތްއިރު ސަރުކާރާއި މަޖިލީހުން އަވަދިނެތި ކުރަނީ ގޭތެރޭގެ މަސައްކަތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ދަންވަރު ކުޑަކުއްޖަކު ރަހީނުކޮށް، އެކުއްޖާ މަރާލާ އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވަމުން ސައީދު ވިދާޅުވީ ޤައުމުގައި ނުރައްކާތެރި ބިރުވެރި އެތައްކަމެއް ހިންގަމުންދާއިރު، މިދައުލަތުގެ މުއައްސަސާތައް ނިދާފައިވާކަމީ ފެންނަން އޮތް މަންޒަރުކަމަށެވެ. މީހުން މެރުމާއި، ވައްކަމާއި ފަސާދަ މިއަދު އާންމު ވެފައިވާއިރު، ޤާއުމުގެ ވެރިންގެ ކިބައިން ފެނިގެންދަނީ އަމިއްލާ މަސްލަހަތާއި އާއިލީ ކަންކަން ހަމަޖެއްސުމަށް މުޅި ދައުލަތް އެކީ ބޭނުން ކުރަމުންދާ މަނަޒްރުކަމަށެވެ.

ޤާނޫނު އަސާސީގައި ވަކިކޮށްފައި ކަމަށްބުނާ ދައުލަތުގެ ބާރުތައް ހަނު. ސަރުކާރާއި މަޖިލިސް އަވަދިނެތި ގޭތެރޭގެ މަސައްކަތުގައި. މި ބާރުތަކަށް މިއަދު ރައްޔިތަކު ފެންނަ ކަމަކަށްނުވޭ. ބަލައިލި ކޮންމެ ދިމާލަކުން މާޔޫސްކަމާއި ނުރައްކާ! އިހުމާލުގެ މަރުތަކާއި ޤާއުމު ވިއްކުން! ބަލާލާނެ މުއައްސަސާއެއް ނެތް.

– ސައީދު ވިދާޅުވިއެވެ.

ސައީދު މިފަދައިން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އެތައް ރައްޔިތުން ބިކަހާލުގައި ތިބި އިރުގައާއި، އަދި ގައުމުގައި ބޮޑެތި ލާއިންސާނީ އަމަލުތައް ހިންގަމުންދާއިރުވެސް ދައުލަތުގެ ހުރިހާ މުއައްސަސާއެއް ހަމައެކަނި އެންމެ މައްސަލައަކަށް ހުސްވެފައި ވުމުންނެވެ. ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ބެލުން ފިޔަވައި އިތުރުކަމެއް މަޖިލިސް ތެރެއިންވެސް އަދި ސަރުކާރުންވެސް ކުރާތަން ނުފެންނަކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ރޭ ދަންވަރު އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި މިހާތަނަށް 2 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާއި ގުޅިގެން ކުއްޖާ ހޯދަމުން ދަނިކޮށް އެ ކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 އެހާކަންހާއިރު ކަމަށެވެ. އަދި ކުއްޖާ ފެނުނީ މަރާލާފައި އެއްލާލާފައި އޮއްވާ ހުޅުމާލޭ ފޭސް2 ގެ ތެރެއިންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި ކުއްޖާ ފެނުނީ މަރާލުމަށްފަހު ފޮއްޓަކަށް ލާ މޫދަށް އެއްލާލާފައި އޮއްވާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

N Naseed
މުޅިގައުމު ހަމައެކަނިހުރި އިންސާނާގެ މައްސަލަބަލަން ހުސްވެގެން އެތިބީ