ނަފްރަތުގެ ބިލާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕެޓިޝަނަށް ތާޢީދު އޮތްކަން ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރާ ކަމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ އަމަލު ބަޔާންކުރާ ބިލަށް ތާއިދުކޮށް ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުންދާ ކަމަށް އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފައެވެ. ނަމަވެސް ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިސާބުން ފެށިގެން މި ބިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ޝުއޫރުތަކެއް އުފައްދައި، މި ބިލަކީ ދީނާއި ޚިލާފު ބިލެއްކަމަށް ރައްޔިތުންނަށް ވިސްނަދޭން ބަޔަކު މީހުން މަސައްކަތްކުރަމުން ގެންދާކަމަށާއި އެކަން ކުއްވެރިކުރާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
"މި ބިލު ފާސްކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ނަފްސު ރައްކާތެރިކުރުމާއި، ދިރިހުރުމުގެ ހައްޤު ކަށަވަރުކުރުމަށް ނުހަނު މުހިއްމު ކަމެއްކަމަށް މި ޕާޓީ އިން ދެކެމެވެ"
– އެމްޑީޕީ
އަދި ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން، މުސްލިމުންގެ ބޮލުގައި ދީނާއި ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި، މުޖުތަމައުގައި ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފައްދައި، އާޚިރު ނަތީޖާއެއްގެ ގޮތުން، އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ޤަބޫލުކުރެވި، އެމީހުން މަރައި އަދި، ގެއްލުވާލުމުގެ ހާދިސާތަކެއް ދިވެހިރާއްޖޭގައި ހިނގާފައިވާތީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެ ޕާޓީން އެދެނީ ވީހާވެސް އަވަހަކަށް މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ދީނާއި ގުޅުވައިގެން، މުޖުތަމައުގައި ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް އައުން ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
Good morning !
Sign the petition & let the MP’s hear you loud ! #BanSecularBill
https://t.co/PKEeah20VR— ????? ????? – ?? (@AlhanFahmy) June 20, 2021
އެމްޑީޕީން މިފަދަ ގޮތަކަށް ބަޔާން ނެރެފައި މި ވަނީ ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބިލާދެކޮޅަށް "ބޭން ސެކިއުލާ ބިލް"ގެ ނަމުގައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރުމަށް ގެންދާ ގެންދިއުމަށް އިޝާރާތްކޮށްފަ އެވެ. އަދި މީގެ އިތުރުން “އެގެއިންސްޓް އެކްޓްރީމިޒަމް”ގެ ނަމުގައި ބިލާ އެއްކޮޅަށްވެސް އޮލައިން ޕެޓިޝަނެއްގައި އަންނަނީ ސޮއިކުރަމުންނެވެ. މި ދެ ޕެޓިޝަނަށް ބަލާއިރު އަދި މިހާތަނަށް އެންމެ ގިނަ މީހުން ސޮއިކޮށްފައި ވަނީ ބިލާއި ދެކޮޅަށް އެކުލަވާލާފައިވާ ޕެޓިޝަންގައި ކަން ފާހަގަ ކޮށްލެވެއެވެ.
Please sign the petition supporting criminalising hate crimes and labelling peoplehttps://t.co/QzxTOMgejh
— Mohamed Nasheed (@MohamedNasheed) June 19, 2021
އެމްޑީޕީން މިހެން ބުނެފައި ވީނަމަވެސް ނަފްރަތުގެ އަމަލު ބަޔާންކޮށް ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް ގިނަބަޔަކު ގެންދަނީ އަޑުއުފުލަމުންނެވެ. އެގޮތުން މި ބިލާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖޭގެ ގިނަ އަދަދެއްގެ ކައުންސިލްތަކުން، ދަނީ ބަޔާން ނެރެމެންނެވެ. އަދި މިބިލާއި ދެކޮޅަށް ބައެއް ރަށްރަށުގައި ދަނީ މުޒާހަރާވެސް ކުރަމުންނެވެ.
އަދި ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ