ލާދީނީ އޭ ކިޔުން ހުއްޓުވުމަށް ގޮވާލާ ޕެޓިޝަނަށްވުރެ، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ނަފްރަތުގެ ބިލާ ދެކޮޅަށް ހަދާފައިވާ ޕެޓިޝަންގައި ސޮއިކުރާ މީހުން މީހުން އިތުރުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ އަމަލު ބަޔާންކުރާ ބިލާދެކޮޅަށް ގިނަބަޔަކު އަޑުއުފުލަން ފެށުމާއެކު، ލާދީނީ އޭ ކިޔައިގެން ގޮވަމުންދާ ގޮވުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރުމަށް ގޮވާލާފައެވެ.
ލާދީނީ ގޮވާ ގޮވުން ހުއްޓުވުމަށް ޕެޓިޝަނެއް ތައްޔާރު ކޮށްފައިވަނީ ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
Please sign the petition supporting criminalising hate crimes and labelling peoplehttps://t.co/QzxTOMgejh
— Mohamed Nasheed (@MohamedNasheed) June 19, 2021
ހަމައެއާއެކު ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބިލާދެކޮޅަށް "ބޭން ސެކިއުލާ ބިލް"ގެ ނަމުގައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރުމަށް ވަނީ ފަށާފައެވެ. މި ދެ ޕެޓިޝަންގައި މިހާތަނަށް ސޮއިކޮށްފައިވާ މީހުންގެ އަދަދަށް ބަލާއިރު، "ބޭން ސެކިއުލާ ބިލް" ޕެޓިޝަންގައި މިހާތަނަށް 6700 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން "އެގެއިންސްޓް އެކްޓްރީމިޒަމް"ގެ ނަމުގައި ލާދީނީ އޭ ކިޔުމާ ދެކޮޅު ޕެޓިޝަންގައި މިހތަނަށް ސޮއިކޮށްފައި ވަނީ 2700 މީހުނެވެ. މީގެތެރޭގައި ގިނައަދަދެއްގެ ބޭރުމީހުން ތިބިކަންވެސް ފާހަގަކޮށްލެވެއެވެ.
Good morning !
Sign the petition & let the MP’s hear you loud ! #BanSecularBill
https://t.co/PKEeah20VR— ????? ????? – ?? (@AlhanFahmy) June 20, 2021
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައެޅައްވާފައިވަ ބިލާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖޭގެ ގިނަ އަދަދެއްގެ ކައުންސިލްތަކުން، ދަނީ ބަޔާން ނެރެމެންނެވެ. އަދި މިބިލާއި ދެކޮޅަށް ބައެއް ރަށްރަށުގައި ދަނީ މުޒާހަރާވެސް ކުރަމުންނެވެ.
ބިލް ހުށަހަޅަމުން މެމްބަރު ޙިސާން ވިދާޅުވެފައި ވަނީ ބިލުގެ ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމަކު ހަގީގަތަކީ އެ ބިލު ފަރުމާ ކޮށްފައި ވަނީ އިސްލާން ދީނުގެ އެންމެ މަތީ އިމާމުން ދެއްވާފައިވާ އިރުޝާދުތަކާއި އިސްލާމީ ޝަރީއަތުގެ އިލްމަށް ރިއާޔަތް ކޮށްގެން ކަމަށް ޙިސާން ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ