ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅަކީ ތީމުގެ ކަމަށް ކަނޑައެޅުމަށް ހުށަހަޅައިފިއެވެ.
އުއްތަމަ ފަނޑިޔާރާއި އާއިލާ ދިރިއުޅުއްވާނެ ތަނެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މިއަދު މަޖިލީހުގައި ވަނީ އިއްވައިފައެވެ. އެ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ މެމްބަރު އަސްލަމް ވިދާޅުވީ ތީީމުގެ އަކީ ރައީސަކު ދިރިއުޅުއްވަން، ރައްްކާތެރިކަމުގެ ގޮތުން އެންމެ އެކަށީގެންވާ ތަން ކަަމަށެވެ.
ތީމުގެއަކީ މިހާރު ސްޕްރީމްކޯޓު ބޭނުންކުރަމުންދާ އިމާރާތެވެ. އެއިމާރާތަކީ މާ ހައިބަތު ބޮޑު އިމާރާތެއްކަމަށް ވިދާޅުވެ، ރައީސްކަން ލިބުމުން އެގެއަށް ބަދަލުވުމަށް ދެކޮޅު ހެއްދެވީ ރައީސް މުހައްމަދު ނަޝީދުއެވެ. ނަމަވެސް މިއަދު އަސްލަމް މި ހުށަހެޅުން ހުށަހެޅުމާއިއެކު އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ މިހުށަހެޅުމަށް ތާއީދުކުރައްވާފައިވާފައެވެ.
މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ދިއރިއުޅުއްވަން ރަސްމީ ގެކޮޅެއް ކަނޑައެޅުވުމަށް ސަރުކާރުން ވަކިވަކިން ހުށައެޅުއްވި ދެބިލުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެއަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަޖައްސައިދޭންވާނެކަމަށެވެ. އަދި އެދެބޭފުޅުން ދިރިއުޅުއްވަން ހަމަޖައްސަވައި ތަނަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައި ވާންވާނެކަމަށްވެސް ވަނީ ބުނެފައެވެ.
މިދެ ގެކޮޅުގެވެސް ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންކަމަށް ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންކަމަށާއި، އުއްތަމަ ފަނޑިޔާރުގެ ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސްޕްރީމް ކޯޓުންކަމަށްވެސަ ބިލުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންގުވުމަށް އުއްތަމަ ފަނޑިޔާރު އެކުލަވާލެއްވި މިބިލަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިންމެވި ނިންވުމެކެވެ.
ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނީ އެމަނިކުފާނުގެ ދިރިއުޅުއްވާ ގެކޮޅު ކެނެރީގެ ހުންނަ ގޯޅިއަށް ރަސްމީ ކާރުކޮޅު ނުވެއްދޭތީ އެކަމުގެ ކަނބޮޑުވުން ސަލާމަތީ ބާރުތަކުން ފާހަގަ ކޮށްފައިވަނިކޮށެވެ. އަދި އެ ގޯޅީގައި ޕާކުނުކުރޭވެ އިންތިޒާމު ހަމަޖައްސާދޭން އެދިފައިވަނިކޮށް ކަމަށްވެސް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ. މި ހަމަލާއަށް ފަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ހަނި ގޯޅީގައި ޕާކުނުކުރެވޭ ގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ