ޝަހީމް، ސަރުކާރަށް: ބިދޭންސީން ގެނެސް ޤުރުއާނާއި ޢަރަބިބަސް ކިޔަވައިދޭންވީ ސަބަބެއް އެބައޮތްބާ؟

ޝަހީމް، ސަރުކާރަށް: ބިދޭންސީން ގެނެސް ޤުރުއާނާއި ޢަރަބިބަސް ކިޔަވައިދޭންވީ ސަބަބެއް އެބައޮތްބާ؟

Author
މުޙައްމަދު ޖިމީ
21 ޖޫން 2021 01:09
0

ރާއްޖޭގައި ޤާރީ ކޯހާއި ޢަރަބި ކޯސްތައް ހަދާފައިވާ ފަރާތްތަކުން ވަޒީފާ ނުލިބިގެން އުޅޭއިރު، އިންޑިއާ ޓީޗަރުން އަރަބިބަސް ކިޔަވައިދޭން ގެނައުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްމާލީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފާޑުވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ފޮނުވާ، ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު މިހާރު ވަނީ ރައްޖެ އައިސްފައެވެ. އިންޑިއާއިން ޢަރަބި އަދި ޤުރުއާން ކިޔަވައިދޭ ޓީޗަރުން ގެނެސްފައިވަނީ ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

ޢަރަބި އަދި ޤުރުއާން ކިޔަވައިދޭން ބިދޭސީން ޓީޗަރުން ގެނައުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޑރ.ޝަހީމް ވަނީ، ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީ ތަކުން ޤާރީ ކޯހާއި ޢަރަބި ކޯސްތައް ހަދާފައިވާ ފަރާތްތަކުން ވަޒީފާ ނުލިބިގެން އުޅޭ އިރު، ބިދޭންސީން ގެނެސް ޤުރުއާނާއި ޢަރަބި ބަސް ކިޔަވައިދޭންވީ ހަމަޖެހޭ ސަބަބެއް އެބައޮތޯ ސުވާލުކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ، ރާއްޖޭގެ މުދައްރިސުންގެ ޤުރުއަން ކިޔެވުމުގެ އަޑު މަޚުރަޖަ މާ ރަނގަޅުވާނެކަމަށެވެ.

ޝަހީމް މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އިންޑިއާގެ "ދަ ހިންދޫ" ނޫހުގައި ބުނެފައިވަނީ، ޓީޗަރުން ރާއްޖެއަށް ފޮނުވާފައިވަނީ، ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވެގެންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
ކެރަފާ ނަޝީދު އިސްލާމް ދީން ދެކެ ރުޅި އަންނަވަރުން ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ތިތެޅެނީ....އަމިއްލަ ރަށަކަސް ރަށްރަށުގަ ތަރާވީސް ކުރަން ޖެހެނީ ޝަހީމަކަށް ނޫން.އެއީ ސަރުކާރުން ކުރަންޖެހޭ ކަމެއް.
ސ ސަލީމްު
ރާޖޭންބޭރަށްގޮސް ކިޔަވަނީކީވެތޯ .... ދައްކާނެވާހަކަނެތީވިއްޔާ.... މިސްކިތުގަކިޔަންއިދެބަލަ ...ބޮގަރަބޮގަރަކިޔާނެކަމެއްނެށް... ދެންބަޢާާވާޔްކުރިމަރަގަޅުވާނެ ތީއެޕާޓީނޫންތަ ދެންލަލަލާ......
އ އިބްރާހިމް
އަމިއްލަ ރަށުގަ ރޯދަމަހުގަ ތަރާވީސް ކުރާނެމީހަކު ނެތިގެން ތަރާވީސް ނުކޮށް 1އަހަރުގޮސްފި އެކަމާ އުޅެލަން ވީނުން (ޝަހީމް)