ރައީސްގެ ކޮއްކޯފުޅު އަހުމަދު އަވަހާރަވެއްޖެ

ރައީސްގެ ކޮއްކޯފުޅު އަހުމަދު އަވަހާރަވެއްޖެ

Author
މުޙައްމަދު ޝަޒައިމް
21 ޖޫން 2021 08:49
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް އަވަހާރަވެއްޖެއެވެ.

އަލްހާފިޒް އަހުމަދު މުހައްމަދު ޞާލިހް އަވަހާރަވީ ކުއްލިގޮތަކަށް ހާޓް އެޓޭކެއް ޖެހިވަޑައިގެން ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ. އަހުމަދު މުހައްމަދު ޞާލިހް އަވަހާރަވީ ޔުނައިޓެޑް އަރަބް އެމިރެޓްސްގެ ވެރި ރަށް ދުބާއީގައި ހުންނަވަނިކޮށެވެ. އަލްހާފިޒް އަހުމަދު މުހައްމަދު ޞާލިހް އަވަހާރަވިއިރު އުމުރުފުޅަކީ 57 އަހަރުފުޅެވެ.

އަލްހާފިޒް އަހުމަދު މުހައްމަދު ޞާލިހް ނުވަތަ އާއްމު ނަމުން ނަމަ އަހުމަދުބެ އަކީ ރައީސް ޞާލިހްގެ ހަގަށް އެ އާއިލާގައި ތިއްބެވި 8 ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އަހުމަދުބެ އަކީ ލޯފަން ބޭފުޅެކެވެ. ރައީސް ޞާލިހްގެ އާއިލާގައި އެއްބަނޑު އެއްބަފާ 12 ބޭފުޅުން ތިއްބަވައެވެ.

އަހުމަދު ފާހަގަ ކުރެވިފައި ވަނީ އާއިލާގެ ނަމުން ނަމަ ދޮންބެ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކެ ވަރަށް ބޮޑަށް ލޯބިވާ، އަދި އެ މަނިކުފާނަށް އިހުތިރާމް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.