ރެސްޓޯރެންޓް އެސޯސިއޭޝަންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފި

ރެސްޓޯރެންޓް އެސޯސިއޭޝަންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފި

Author
ޢަލީ އާދަމް
20 ޖޫން 2021 06:11
0

ރެސްޓޯރެންޓް އެސޯސިއޭޝަންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ހިއްސާކޮށްފި އެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާއި އިކޮނޮމިކް މިނިސްޓަރާއިވެސް އެކު އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ކޯވިޑް-19ގެ ހާލަތާ އެކު ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަތަކާއި، އެ ކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެކި ދުވަސްވަރުތަކުގައި އެޅި ފިޔަވަޅުތަކާއި ގުޅިގެން ރެސްޓޯރެންޓްތައް ބަންދުކޮށް ބޮޑެތި ގެއްލުންތަކެއް ރެސްޓޯރެންޓް ވިޔަފާރިތަކަށް ވަނީ ވެފައެވެ. މީގެކުރިން ކޯވިޑް ކޮންޓްރޯލް ކުރުމަށް މާލޭގައި އެޅި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެންވެސް ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކުން ރައީސުލް ޖުމްހޫރިއްޔާ އާއި ސަރުކާރުގެ ކަމާއި ގުޅުންހުރި އެކި އިދާރާތަކާއި ބައްދަލުކޮށްފައި ވެއެވެ. މާލޭގައި ބޮޑުކުލީގައި ރެސްޓޯރެންޓްތައް ހިންގާއިރު، މުވައްޒިފުންނަށް ދޭންޖެހޭ މުސާރަ ނުދެވި ގިނަ ރެސްޓޯރެންޓް ހިންގާ ވިޔަފާރި ވެރިންނަށް ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.

ރެސްޓޯރެންޓްތަކުގެ ހުރި ކަންބޮޑުވުންތަކާއިގެން މިއަދު މާލެ ސިޓީ ކައުންސިލްގައި އޮތް ބައްދަލުވުމުގައި އެ އެސޯސިއޭޝަނުން ކުރުމަށް ރާވާފައިވާ ކަންތައްތަކާއި، ހުރި ކަންބޮޑުވުންތައް ސިޓީ ކައުންސިލާވެސް ހިއްސާ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

L Laas
ޢެސޯސިއޭސަންތަކަންް ނޭގެނީބާާ ސޯލިހުު ކޯމާއެންގަަ ވާކަން