އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފު މައްޗަށް ދައުވާ ކުރުމަށް އޭސީސީން ފޮނުވި މައްސަލާގައި ވީހާވެސް އަވަހަށް ގޮތެއް ނިންނުމަށް އެދިވަޑައިގެންފިއެވެ.
އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފު މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ހުށައަޅައިފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.
މައްސަލަ އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން މަހުލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބުރާސްފަތި ދުވަހު PG އޮފީހުން ACC އަށް ފޮނުވި ސިޓީ އިން ޔަޤީންވާ
ގޮތުން، 24 ޖެނުއަރީ ގައި ޑިއުޓީ ޕްރޮސެކިއުޝަން ޕޯޓަލް މެދުވެރުކޮށް ޕޮލިހުން PG އަށް އޭނާ މައްސަލަ ހުށައެޅުމުން ތަހުގީގު ފުރިހަމަ ކުރަން ވަނީ އަންގާފައިކަމަށެވެ.
އަދި އޭގެ 6 މަސް ފަހުން ACC އިން ހަމަ މައްސަލަ އޮތްގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް ފޮނުވީމަ އަނެއްކާވެސް PG އެންގެވީ ފުރިހަމަކުރަން ކަމަށާއި، ދައުވާ ކުރިޔަސް އަދި ނުކުރިޔަސް އެއީ ޤާނޫނާ ހިލާފަށް ހޯދާފަހުރި ހެކިތަކެއްކަމުން އަދި PG އެވިދާޅުވާގޮތަށް ދައުވާ ފުރިހަމަވެސް ނުކުރެވޭނެކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފްވަނީ މިމައްސަލާގައި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާއަށް ހޫނު ރައްދެއްވެސް ދެއްވާފައެވެ. މަހުކޫފްވިދާޅުވީ އޭނާއަކީ އޭސީސީގެ ރައީސާ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫންކަމަށެވެ. މައްސަލަތައް އެތައް ދުވަހު ބެލުމަށްފަހު ފުރިހަމަ ނުކޮށް، ދައުވާ ކުރަން ފޮނުވުމަކީ އަމިއްލަ މީހާގެ ނާގާބިލް ކަމުގެ ސަބަބުން ދިމާވާ ކަންތައްކަމަށާއި، މިކަން މިގޮތަށް ކުރުމަށްވުރެއް އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުން މާ ރަނގަޅުވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެތައް ބަޔަކަށް ލިބުނުކަމަށް ބުނެފައިވާއިރު، މިނިސްޓަރ މަހުލޫފްގެ މައްސަލަ ވަރަށް އިސްކަން ދެއްވައިގެން ބަލާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މިމައްސަލައަކީ ސިޔާސީ ކުލަޖެހިފައިވާ ވަކި މަޤްސަދެއްގައި އަވަސް އަރުވާލައިގެން ބަލަމުންދާ މައްސަލައެއްކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންމެވެ.
ކޮމެންޓު ފޮނުވާ