އެމްޑީޕީން ލާދީނީ ގޮވި ދުވަސް ހަނދުމަފުޅު ނެތުނީތޯ: ހައިލަމް

އެމްޑީޕީން ލާދީނީ ގޮވި ދުވަސް ހަނދުމަފުޅު ނެތުނީތޯ: ހައިލަމް

Author
ޢަލީ އާދަމް
19 ޖޫން 2021 06:22
0

އެމްޑީޕީން ލާދީނީ ގޮވި ދުވަސް ހަނދުމަފުޅު ނެތުނީތޯ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ސުވާލު އުފައްދަވައިފި އެވެ.

ހައިލަމް މިހެން ވިދާޅުވީ ލާދީނީ އޭ ކިޔައިގެން ގޮވަމުންދާ ގޮވުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޕެޓިޝަނެއްގައި ސޮއިކުރަން ގޮވާލެއްވުމާއި ގުޅިގެންނެވެ.

ކުރީގެ ސަރުކާރާއި ދެކޮޅަށް އެމްޑީޕީން މާލޭގައި ބޭއްވި ރެލީއެއްގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވާހަކަ ދައްކަވަމުން އޭރުގެ ސަރުކާރާއި ދެކޮޅަށް ލާދީނީ ސަރުކާރެއްކަމަށް ވިދާޅުވެ ދެއްކެވި ވާހަކައިގެ ވީޑިއޯއަކާއި އެކު ހައިލަމް ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ އެމްޑީޕީން ވަކާލާތު ކުރަނީ ދީނާއި ސިޔާސަތު ވަކި ކުރަން ކަމަށެވެ. ނަމަވެސް ޙައްދުތައް ޤާއިމް ކުރަން އެޕާޓިން ބޭނުން ނުވާކަމަށް ހައިލަމް ވިދާޅުވިއެވެ.

އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހާ ގުޅޭގޮތުން ހައިލަމް ވިދާޅުވީ އެމްޑީޕީން މިހާރު ކުރަން އުޅޭކަމަކީ ދީނާ އެއްގޮތަށް ނޫޅޭ މީހުންގެ ވާހަކަ ދެއްކުން ކުށަކަށް ހެދުން ކަމަށެވެ.

ރައީސް ނަޝީދު މިއަދު ސޮއިކުރަން ގޮވާލެއްވި ޕެޓިޝަަނަކީ އޮންލައިން ޕެޓިޝަނެއް ކަމަށް ވުމުން ގިނައަދަދެެއްގެ ބޭރުމީހުންވެސް މި ޕެޓިޝަންގައި ސޮއިކުރަމުން ގެންދާކަމަށް ބުނެ ގިނަބަޔަކު ގެންދަނީ މި ޕެޓިޝަނާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

ލާދީނީ ގޮވާގޮތުން ހުއްޓުވުމަށް ޕެޓިޝަނެއް ތައްޔާރު ކޮށްފައިވަނީ، ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޫސަ
ހައިލަމަކީ ސިޔާސީވާހަކަ ދެއްކޭވަރަށްވުރެ މާފިނޑި ބޭފުޅެއް ރައީސްޔާމީނުގެސަރީއއަތް ހެޔޮގޮތުގައިހުކުމްކޕއްދޭންނުކެރި ކޯޓުދޫލޮއްލާފައި އަމިއްލައަށް ފިލިމީހެއް