ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮތަރުކޮށިތަކެއްވަރުގެ އެޕާޓްމަންޓް ފިނިޝިންއާއި ނުލާ 62،000 ޑޮލަރަށް ޖެހޭއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ބޮޑެތި އެޕާޓްމަންޓް ފިނިޝިންއާއެކު ޖެހެނީ 47،000 ޑޮލަރުކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިމިވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރި 7000 ފްލެޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރޮޖެކްޓް ހިންގަން ބިޑް ހުށައެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށައެޅި ކުންފުންޏާ ކަމަށް ސަރުކާރުން ބުނުމާއެކުއެވެ.
ރޮޒައިނާ ވިދާޅުވީ، ކުރީ ސަރުކާރުން ކޮތަރުކޮށިވަރުގެ ކުދި އެޕާޓްމަންޓެއް ފިނިޝިންއާއި ނުލާ 62،000 ޑޮލަރަށް ޖެހޭއިރު، އެއަށްވުރެ ބޮޑެތޮ އެޕާޓްމަންޓް މިސަރުކާރުގައި 47،000 ޑޮލަރަށް ލިބޭނެކަމަށެވެ. މިއީ ހެޔޮވެރިކަންކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަގުބޮޑުކޮށް ފްލެޓްތައް ހެދުމަށް ހިންގި ޖަރީމާއަށްފަހު ޑރ.މުޙައްމަދު މުޢިއްޒު ވިދާލުވަނީ ޢާންމު ރައްޔިތުންގެ ޖީބުން ފޫބައްދައިގެން ކުލި ދައްކަންކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
RYameen sarukaaruga kotharu koshithakeh varu apartment thakeh finishing aa nulaa $62000
Raees @ibusolih eyah vuren bodethi apartments finishing aa eku $47000
Mee #heyoverikan
Mi jareema ah fahu miadhu Muiz vidhaalhuvanee aanmu rayyithunge jeebun foobahdhaigen kuli kudakuran! pic.twitter.com/CnsrtNADqJ— ?? ??????? ???? ? (@Roxeyna) June 18, 2021
ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު، ހިޔާ މަޝްރޫޢުގެ އަގުތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެދި 5 ކުންފުންޏަކުން ޕްރޮޕޯސަލް ހުށައެޅިކަމަށެވެ. ނަމަވެސް މަސައްކަތް ހަވާލުކުރީ އެންމެ ބޮޑު އަގު ހުށައެޅި ކުންފުންޏާކަމަށެވެ. މަބްރޫކް ވިދާޅުވީ ކޮންޓްރެކްޓް އެކުލަވާލުވުމުގައި ގެއްލުންވާ އެތައް ކަމެއް ފާހަގަކުރެވެން އެބަހުރިކަމަށެވެ.
މަބްރޫކް ވިދާޅުވީ ހިޔާގެ ޔުނިޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ފެނާއި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް އެކަނި ހިމެނޭގޮތަށް ކަމަށެވެ. ގޭގައި މުށިޖެހުމާއި، ދޮރު ހަރުކުރުމާއި، ބަދިގޭގެ ކެބިނެޓް ހެދުމާ އަދި ބޮކި ފަންކާ ހަރުކުރުންވެސް ނުހިމެނޭކަމަށެވެ.
ޗައިނާގެ ކުންފުނިތައް ހިމެނޭހެން 5 ކުންފުނިން ކުރިމަތިލި. އެހެން ހުރިހާ ކުންފުނިތަކުން ޔުނިޓަކަށް ކަނޑައެޅީ 50000އާ 52000 ޑޮލަރު ޔުނިޓަކަށް ޖެހޭ އަގަށް. ނަމަވެސް މަސައްކަތް ހަވާލުކުރީ 62000 ޑޮލަރު ޔުނިޓަކަށް ޖެހޭ ކުންފުންޏާ. އެއީ އެހެން ކުންފުނިތަކަށްވުރެ 10000ޑޮލަރު ބޮޑު އަގެއް.
މަބްރޫކް ޢަޒީޒް
މި އަގުތަކާއެކު ހިޔާ ފްލެޓްގެ އަކަފޫޓަކަށް 1637ރުފިޔާ ޖެހެއެވެ. ނަމަވެސް އާއްމުކޮށް މާލޭގައި މިއަށްވުރެ ބޮޑު، ފެންވަރު ރަނގަޅު ތަނެއް ހެދުމަށް ހޭދަކުރަނީވެސް އަކަފޫޓަކަށް 1200އެއްހާ ރުފިޔާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގެ 7000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާއެވެ. މަބްރޫކް ވިދާޅުވީ މި ޕްރޮޖެކްޓްގެ ނިންމުންތައް ނިންމާފައިވާގޮތަށް ބަލާއިރު މިއީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫޢަކަށް އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއް ނޫންކަމަށެވެ. ޕްރޮޖެކްޓް ހިންގުމަށް ނަގާފައިވާ ލޯނަކީވެސް ވިޔަފާރި ނުވަތަ ކޮމާޝަލް ރޭޓުގައި ނަގާފައިވާ ލޯނެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.މަބްރޫކް ވިދާޅުވީ ފްލެޓްގެ ލޯން ދައްކާ ހަލާސްކުރުމަށް ސަރުކާރުން ސަބްސިޑައިޒްކޮށް 3.2 ބިލިއަން ރުފިޔާ ދައްކާނެކަމަށެވެ.
ހިޔާ މަޝްރޫޢުގެ ދަށުން 7000ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށީ 2017ވަނަ އަހަރުއެވެ. ނިމުނު 2020ވަނަ އަހަރުގެ މެދު ތެރޭގައި ނިންމާ ހަވާލުކުރުމަށް ކޮންޓްރެކްޓް ކުރިނަމަވެސް، މިހާތަނަށްވެސް ފްލެޓްތަކުގެ މަސައްކަތް ނިމިފައެއް ނުވެއެވެ. ސަރުކާރުން މިހާރު ލަފާކުރަނީ އަންނަ މަހުގެ ފަހުކޮޅު ހިޔާ ހައުސިން ޔުނިޓްތައް ހަވާލުކުރެވޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ