ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދު 200އަށްވުރެ އިތުރުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ކޯވިޑަށް ފަރުވާ ކުރަމުންދަނިކޮށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނިޔާވެފައިވަނީ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. މިމީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 2:05 ހާއިރު ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިމީހާއެކު ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 202އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 185 ދިވެހިންނާއި 17 ބިދޭސީންނެވެ.
ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ މީހަކު އިއްޔެވެސް ވަނީ ނިޔާވެފައެވެ. އިއްޔެ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލައިގަ ފަރުވާ ދެމުންދިޔަ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯވިޑް ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވެފައިވާއިރު މިއީ ދުނިޔޭގައި އަލަށް ފެތުރެން ފަށާފައިވާ ކޯވިޑް ވޭރިއަންޓްގެ ސަބަބުން ދިމާވާކަމެއްކަމަށް އޮތީ ބެލެވިފައެވެ. މިއާއެކު އެންމެ ފަހުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ހެދި ސީކުއެންސް ސާމްޕްލިންގައި ރާއްޖެއިން ފޮނުވި 30 ސާމްޕަލްގެތެރޭގައި 6 ވައްތަރެއްގެ ކޯވިޑް ވޭރިއެންޓު އުޅޭކަން ވަނީ ހާމަވެފައެވެ. މީގެތެރޭގައި އެންމެ ބާރަށް މިހާރު ފެތުރެމުން އަންނަ އިންޑިއާގެ ޑެލްޓަރ ވޭރިއެންޓް އާއި ޔޫކޭގެ އަލްފާ ވޭރިއެންޓްވެސް ވަނީ ފެނިފައެވެ.
ކޮމެންޓު ފޮނުވާ