181،000 އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފި

181،000 އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފި

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2021 10:00
0

ކޯވިޑް-19ގެ ވެކްސިން ފުރިހަމަ ކުރި މީހުންގެ ޢަދަދު 181 ހާހަށްވުރެ މައްޗަށް ގޮސްފިއެވެ. މީގެތެރޭގައި މިއަދު ވެކްސިން ފުރިހަމަކުރި 820 މީހުންވެސް ހިމެނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ބުރާސްފަތި ދުވަހު ވެކްސިން ފުރިހަމަކުރި 862 މީހުންނާއެކު ޖުމްލަ 181118 މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 282 މީހުންނާއި އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 580 މީހެކެވެ.

ބުރާސްފަތިދުވަހު ވެކްސިންޖެހި 217 މީހުންނާއެކު މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޢަދަދުވަނީ 314775 އަށް އަރާފައެވެ. މިމީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 56 މީހަކާއި އަތޮޅުތަކުން ވެކްސިންޖެހި 161 މީހެކެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި 2ވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އާދެއެވެ. އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.