ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ ފުށުއަރާ 6 ޤާނޫނަކަށް އިޞްލާޙު ގެނައުމުގެ މަޖިލީހަށް ހުށަހެޅުމަށް ބިލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެޓާނީ ޖެނެރަލް ފޮނުއްވައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އިސްލާހު ކުރަން ނިންމާފައިވަނީ، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނާއި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި، ފަޅުރަށްރަށާބެހޭ ގާނޫނާއި، ބިމާބެހޭ ގާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގަނޫނެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ގާނޫނާ ތައާރަޒުވާ ގޮތަށް ހުރި ގާނޫނުތައް އިސްލާހު ކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ލާމަރުކަޒީ ގާނޫނާ 9 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ 23 ޑިސެންބަރު 2020 އެވެ.
ކޮމެންޓު ފޮނުވާ