ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމަށް ހައްގަކާއި ނުލައި ބަދުބަސް ބުނުން ދެރަވަރު ކަމަށް ވިދާޅުވެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ޤާސިމަށް ތަޢުރީފް ކުރައްވައިފި އެވެ.
ޤާސިމަށް ތަޢުރީފްކުރައްވައި ޝަރީފް ޓްވީޓް ކުރައްވާފައި މިވަނީ ޤާސިމަކީ އިބިލީހެއް ކަމަށް ސިފަކޮށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މިއަދު ޓްވީޓެއް ކުރައްވާފައި ވަނިކޮށެވެ.
ބޮންޑޭ މިއަދު ކުރެއްވި ޓްވީޓްގައި ބުނެފައި ވަނީ އިސްލާމުންނާ ދިމާލަށް ކާފަރަށް ގޮވުން މަނާކުރުމަށްޓަކައި ޓަނުން ޓަނުން ރާއްޖެއަށް ބަނގުރާ އޫރުމަސް އެތެރެކުރަމުންދާ ފަރާތަކާ ނުވަތަ އިބިލީހާ ރައްޔިތުން ގެ ވޯޓުން އިންތިހާބުކޮށްފައިވާ އިސްލާމީ ދައުލަތެއްގެ ވެރިޔަކު މަޝްވަރާކުރާކަށް ނުޖެހޭނެ ކަމަށެވެ. ބޮންޑާ މިހެން ވިދަޅުވެފައި ވަނީ ނަފްރަތު އުފެއްދުން ހުއްޓުވުމަށް މަޖިލީހަށް ހުށަހަޅާފައި ވާ ބިލަށް ޖުމްހޫރީ ޕާޓީގެ މަޝްވަރާ ހޯދާފައި ނުވާކަމަށް އެޕާޓީން ބުނެފައި ވާތީއެވެ.
އިސްލާމުންނާ ދިމާލަށް ކާފަރަށް ގޮވުން މަނާކުރުމަށްޓަކައި ޓަނުން ޓަނުން ރާއްޖެއަށް ބަނގުރާ އޫރުމަސް އެތެރެކުރަމުންދާ ފަރާތަކާ ނުވަތަ އިބިލީހާ ރައްޔިތުން ގެ ވޯޓުން އިންތިހާބުކޮށްފައިވާ އިސްލާމީ ދައުލަތެއްގެ ވެރިޔަކު މަސްވަރާކުރާކަށް ނުޖެހޭނެއެވެ.! https://t.co/PjaChpzrCB
— Ibrahim Rasheed (@BondeM4) June 17, 2021
ޤާސިމަށް ތަޢުރީފް ކުރައްވާ މަވޯޓާ ޝަރީފް ކުރެއްވި ޓްވިޓްގައި ބުނެފައި ވަނީ މަދު މީހުން ގަބޫލު ނުކުރިޔަސް ޤާސިމް އިބްރާހިމަކީ ރާއްޖެއަށް އިޤްތިޞާދީ ގޮތުން ނާއި ތަޢުލީމީ ގޮތުންނާއި އިޖްތިމާއީ ރޮނގުން އަގުނުކުރެވޭ ފަދަ ގިނަގުނަ ހިދުމަތް ކުރައްވާފައި ވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް އެއްވެސް ހައްގަކައި ނުލައި ބައެއް މީހުން ބަދުބަސް ބުނުން ދެރަވަރު ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
Madhumeehun qaboolu nukuriyas @qasimibrahim akee dhivehiRaajjeah iguthisaadhee gothunnaai thauleemu dhinumuge Dhaairaain adhi ijuthimaaee rogun agunukurevey fadha ginaguna khidhumaiy kuravvaafaivaa beyfulheh.Emanikufaanah baeh meehun evves haggakaa nulaa badhubas bunun dhera varu
— Ibrahim Shareef (@AdduShareef) June 17, 2021
އަދުގެ ސަރުކާރުގެ ކޯލިޝަންގެ އެއް ބައިވެރިޔާ ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް އެމްޑީޕީގެ ބައެއް މެމްބަރުން ފަހަކަށްއައިސް ގެންދަނީ ފާޑު ވިދާޅުވަމުން ނެވެ. އެގޮތުން އެމްޑީޕީގެ ބައެއް ބޭފުޅުން ތުހުމަތު ކުރައްވާގޮތުގައި ސަރުކާތުގެ އެކިއެކި ވުޒާރާތަކާއި ކުންފުނިތަކުގައި ވެސް ޖޭޕީގެ މެމްބަރުންނަށް ނަތީޖާ ނުނެރެވުމުން މުޅި ސަރުކާރު އަންނަނީ ފެއިލް ވަމުންނެވެ.
އެހެންނަމަވެސް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް ފަހަގަކުރެވެނީ ފެށުނީއްސުރެވެސް ވަރަށްބޮޑަށް ސަރުކާރު ދިފާއު ކުރައްވާ ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ