ސުޝާންތުގެ ގެ ކުއްޔައް ދެނީ

ސުޝާންތުގެ ގެ ކުއްޔައް ދެނީ

Author
ފާތިމަތު ނާވީ
19 ޖޫން 2021 03:19
0

ސުޝާންތު ސިންގ ރާޖްޕުތުގެ ގެ މިހާރުވަނީ ކުއްޔަށް ދޫކުރަން ހުޅުވާލާފަ އެވެ. މިއީ ބަންދްރާގައި މޫދު ފެންނަ ގޮތަށް ހުންނަ އެޕާޓްމަންޓެކެވެ. ކޮރޯނާ ވައިރަސްގެ ކޭސްތައް މަދުވާން ފަށައިފިނަމަ މި އެޕާޓްމަންޓުގެ ޑިމާންޑު ބޮޑުވެގެންދާނެކަމަށް މި އެޕާޓްމަންޓް ލީސްކުރުމާއި ހަވާލިވެފައިވާ ރިއަލް އެސްޓޭޓް ކުންފުނިން ވަނީ ބުނެފަ އެވެ.

ސުޝާންތު މަރުވެފައިވަނީ މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހު އެވެ. އަދި މުމްބައި ފުލުން ވަނީ މި އީ އަމިއްލައަށް މަރުވުމުގެ ކޭސްއެއް ކަމަށް ނިންމާފައެވެ. އެހެން ނަމަވެސް ފަހުން ވަނީ މި ކޭސް ސެންޓްރަލް ބިއުރޯއޮފް އިންވެސްޓިގޭޝަނާ ހަވާލުކޮށްފަ އެވެ. އަދި މިހާރު ނާކޯޓިކްސް ކޮންޓްރޯލް ބިއުރޯއިން ދަނީ މި މައްސަލަ ބަލަމުންނެވެ.

މި އެޕާޓްމަންޓު ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކު 4 ލައްކަ އިންޑިއަން ރުޕީސްއަށެވެ. ސުޝާންތު މި އެޕާޓްމެންޓަށް ދައްކާފައިވަނީ 45.5 ލައްކަ ރުޕީސްއެވެ. މި އެޕާޓްމެންޓުގައި އުޅުނީ ސުޝާންތުގެ އިތުރުން އޭނާގެ ރޫމްމޭޓާއި ލޯބިވެރިޔާ ރީއާ ޗަކްރަބަތީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.