އިސްރާއީލުން ރާއްޖެއަށް ދަތުރު ނުކުރާނެ: ސަރުކާރު

އިސްރާއީލުން ރާއްޖެއަށް ދަތުރު ނުކުރާނެ: ސަރުކާރު

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2021 01:11
0

ދިވެހިރާއްޖެ އާއި އިޒްރޭލާއި ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމަށް ނިންމާފައިވާކަމަށް ބުނެ ދައްކަމުންދަނީ ހަޤީޤަތާއި ޙީލާފް ވާހަކަތަކެއްކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިކަން ހާމަކޮށްފައި މިވަނީ ރާއްޖެއާއި އިސްރާއީލާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށް އިސްރާއީލުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެނެވެ. ރާއްޖެއާއި އިސްރާއިލްއާއި ދެމެދު ވައިގެ ދަތުރުފަތުުރުތަށް ފަށަން އުޅޭ ކަމަށް ވާހަކަ ދެކެވެން ފެށީ އިސްރާއިލް ހަޔޫމް ކިޔާ ވެބްސައިޓެއްގައި އެއަރ ސީޝެލްސްއިން ސެޕްޓެމްބަރުމަހު އިސްރާއިލާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުތައް ފަށަން އުޅޭ ކަމަށް ބުނެ ޝާއިއު ކުރި ހަބަަރަކާއި ގުޅިގެންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ނެރުނު ނޫސް ބަޔާނުގައި ބުނީ ރާއްޖެއާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާކުރެވި އަދި ދަތުރު ކުރުމަށް އެއްވެސް އެއަރލައިނަކަށް ހުއްދަ ދީފައިވެސް ނުވާކަމަށެވެ.

އަދި ވައިގެ ދަތުރުފަތުރުގެ ޙިދުމަތް ދިނުމާއި ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ނުވާ ކަމަށާއި ދިވެހި ސަރުކާރުން މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައިވެސް ނުވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޫސަ
ކޮއްމެބޭފުޅަކުވެސް ވިދާޅުވޭ އަހަރެމެންނަކީ 100 ޕަސެނޓްމުސްލިމުންނޭ އެކަމަކުޚަބަރެއްލިޔަންވެއްޖެނަމަ މައުލޫމާތުސާފުކުރުމެއްނެތި އެމީހަކުހިތަށްއެރި އެއްޗެއް ހިތައްއެރިގޮތަކައްލިޔުއްވޢައި ދޮގުހަދާއިރުއެއި ކިހައިވަރެއްގެކަމެއްކަން ހަމނޭނގެނީބާއޭ އަޅގަޑުހިތަށްއަރައެވެ އަދިމިފަދަ މީހުނަށްދޭނެ އަދަބެއްވެސް ޤާނޫނާއި އިސްލާމީޟަރީއަތުގައިނެތީބާއޭ އަޅުގަނޑުހިތައްއަރައެވެ
ރ ރިޔާޒުބެ
އަނެއްހެން އިސްރާއީލު ފޫލައިޓު އަޔަސް މައްސަލައެއްނެތް މިހާރުވެސް އިސްރާެއީލު ރައްޔިތުން ރާއްޖެ އައިސް ގޮސް އުޅޭވިއްޔާ .