ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 180،000އިން މައްޗަށް

ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 180،000އިން މައްޗަށް

Author
މުޙައްމަދު ޖިމީ
16 ޖޫން 2021 10:13
0

ރާއްޖޭގައި ކޯވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 180،256އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ މާލެ ސަރަހައްދުގައި 312މީހަކު ދެވަނަޑޯޒް ޖަހާފައިވާއިރު، އަތޮޅުތެރޭގެ އެކި ރަށްރަށުން 508 މީހުންވަނީ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހާފައެވެ.

މީގެ އިތުރުން އިއްޔެ 344މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ޖަހާފައި ވެއެވެ. އެއީ މާލެ ސަރަހައްދުން 249 މީހުން އަދި އަތޮޅުތެރޭގެ އެކި ރަށްރަށުން 95މީހުނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމަލް ޢަދަދުވަނީ 314،538އަށް އިތުރުވެފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.