އިތުރު 241 މީހުން ޕޮޒިޓިވްވެއްޖެ، މާލެއިން 90 މީހުން

އިތުރު 241 މީހުން ޕޮޒިޓިވްވެއްޖެ، މާލެއިން 90 މީހުން

Author
މުޙައްމަދު ޖިމީ
16 ޖޫން 2021 10:03
0

ކޯވިޑް-19އަށް އިތުރު 241 މީހުން ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި 241މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 90 މީހުންނާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 143 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 6 މީހުންނާއި، ތަރައްޤީކުރަމުން އަންނަ ރަށްރަށުން ޕޮޒިޓިވްވި 2 މީހުންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 71،138އަށް އަރާފައެވެ.

ބަލިން ރަނގަޅުވާ އަދަދު އިތުރުވުމާއެކު ބައްޔަށް ފަރުވާހޯދަމުން މިހާރުގެންދާ މީހުންގެ އަދަދު ވަނީ 7،747އަށް ދަށްވެފައެވެ. މީގެތެރެއިން މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 67މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 647 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 63،180އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 4،418 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.

ކޯވިޑްގައި ރާއްޖެއިން ވަނީ 200މީހުން ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 183 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.