ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 200އަށް

ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 200އަށް

Author
މުޙައްމަދު ޝަޒައިމް
16 ޖޫން 2021 09:15
0

ކޯވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި މީހުންގެ ޢަދަދު 200 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭ 9:23 ހާއިރު ލ.އަތޮޅު ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައިވާކަމަށެވެ.

މީގެއިތުރުން ގއ. ދާންދޫއަށް ނިސްބަތްވާ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނަކު ގދ.ތިނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ރޭފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާކަމަށްވެސް ދާންދޫ ކައުންސިލުން ވިދާޅުވެއެވެ. މި ދެ މީހުންގެ މަރާއެކު، ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 200 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 200 އަށް އަރާފައިވާއިރު މީގެތެރޭގައި ހިމެނެނީ 183 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޯވިޑް ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވެފައިވާއިރު މިއީ ދުނިޔޭގައި އަލަށް ފެތުރެން ފަށާފައިވާ ކޯވިޑް ވޭރިއަންޓްގެ ސަބަބުން ދިމާވާކަމެއްކަމަށް އޮތީ ބެލެވިފައެވެ. މިއާއެކު އެންމެ ފަހުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ހެދި ސީކުއެންސް ސާމްޕްލިންގައި ރާއްޖެއިން ފޮނުވި 30 ސާމްޕަލްގެތެރޭގައި 6 ވައްތަރެއްގެ ކޯވިޑް ވޭރިއެންޓު އުޅޭކަން ވަނީ ހާމަވެފައެވެ. މީގެތެރޭގައި އެންމެ ބާރަށް މިހާރު ފެތުރެމުން އަންނަ އިންޑިއާގެ ޑެލްޓަރ ވޭރިއެންޓް އާއި ޔޫކޭގެ އަލްފާ ވޭރިއެންޓްވެސް ވަނީ ފެނިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.