ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވީނަމަވެސް އެކަމަނާގެ ހާލުކޮޅު ރަނގަޅުކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ނަސްރީނާގެ ޙާލު ރަނގަޅު ކަމަށާއި ހުރިހާބޭފުޅުންގެ ހެޔޮދުޢާއަށް ޝުކުރުދަންނަވާކަމަށެވެ.
މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ނަސްރީނާގެ ޙާލު ރަނގަޅު. ހުރިހާބޭފުޅުންގެ ހެޔޮދުޢާއަށް ޝުކުރުދަންނަވަން. ކޯވިޑް ބަލި ތަޙަންމުލު ކުރައްވަމުން ގެންދަވާ އެންމެހާ ބޭފުޅުންނަށް މާތް ﷲ އަވަސްޝިފާއެއް މިންވަރު ކުރައްވާށި! އާމީން!
— Maumoon Abdul Gayoom (@maumoonagayoom) June 15, 2021
މެޑަމް ނަސްރީނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ، އެގޭގައި ދިރިއުޅުއްވާ އެހެން ބަޔަކު ޕޮޒިޓިވްވުމުން، އެކަމަނާވެސް ކޯވިޑް ޓެސްޓް ހެއްދެވުމުންނެވެ. މެޑަމް ނަސްރީނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، ރައީސް މައުމޫންވެސް ކޯވިޑަށް ޓެސްޓްކުރައްވާ ވަނީ ނެގެޓިވްވެފައެވެ.
ރައީސް މައުމޫން މީގެ ކުރިން ކޯވިޑަށް ޕޮޒިޓިްވެފައިއެވެ. އެމަނިކުފާނު ޕޮޒިޓިވްވީ މިދިޔަ އަހަރުގެ އޮގަސްޓް 25 ގައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަކުގައި ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު ބަލިން ފަސޭހަފުޅުވީ ސެޕްޓެމްބަރު14ގައެވެ.
ކޮމެންޓު ފޮނުވާ